ބޮލީވުޑްގެ ފިލްމް އެމް.އެސް.ދޯނީ ގެ ކެމްޓަން ކުރިކެޓްކުޅުންތެރިޔާއިން ފެނިގެން ދިޔަ ތަރި ޝުޝާންތް ސިންގް ރާޖްޕުޓް ހަބަރުތަކުގައި ބުނެފައި ވަނީ ފައިސާ އަކީ މުހިއްމު އެއްޗެއް އެކަމަކު ހުރިހާ ކަމެއްގައި ފައިސާ ނުހިމަނަވެސް މިހާރު ދިރިއުޅެވޭ ކަމަށެވެ.
ފިލްމަކުން މަޝްހޫރުވާ ކޮންމެ ތަރިއެއްވަސް ބެނުންވަނީ ގިނަ ފިލްމުތައް ކުޅި އިތުރަށް މީހުންގެ ސަމާލު ކަން ހޯދާށެވެ. އެކަމަކު ޝުޝާންތުގެ ވިސްނުން ތަފާތެވެ.
ޝުޝާންތު ބޭނުންވީ އޭނާ ބޮލީވުޑްއިން ލިބުނު ކުރިއެރުމުގެ ބޭނުން ހިފުމުގެ ގޮތުން އެހެންމީހުން ހިމަނައިގެން އާ މޫނު ތަކަކާ އެކު ކުޑަ ބަޖެޓެއްގައި ފިލްމު ހަދާ އެމީީހުން އޭނަ އެކީ މަސައްކަތް ކުރުން ކަމަށް ހަބަރުތަކުން ބުނެއެވެ.
މިހެއް ޝުޝާންތު ކަންތައް ކުރުމުގައި އަމިއްލަ ބޭނުމެއް ވެސް އޮންނަ ކަމަށް ބުނެއެވެ. އަދި ޝުޝާންތު ބުނިގޮތުގައި އާއިލާގައި ތިބެނީ މަންމަ ނިޔާވުމުގެ ކުރިން 7 މެންބަރުން ކަމަށާއި އެއީ މަންމާ އާއި ބައްޕަ، 4 ދައްތަ އަަދި އޭނަ އެެވެ. ބައްޕަ އަކީ ހަމައެކަނި ގޭގައި މަސައްކަތް ކުރަން ހުންނަ މީހާ ކަމުގައި ވިޔަސް ފަައިސާގެ ދަތިކަމެއް ދިމާވެފައި ނުވާކަމަށެވެ. އެކަމަކު ކުރާ ކޮންމެކަމެއްގައި ވެސް ފައިސާ އަކީ މުހިއްމު ރޯލެއް އަދާ ކުރާއެއްޗެއްކަން އާއިލާއިން ދެކޭކަމަށް އޭނައި ވަނީ ބުނެފައިއެވެ.
އަދި އާއިލާގެ އެ ވިސްނުން ބަދަލުމުރުމުގެ ބޭނުމުގައި އޭނަ މަސައްކަތުގެ ދާއިރާއަށް ނިކުމެ ފައިސާ ހުރިހާ ކަމެއްގައި ނުހިމެނުމަށް މަސައްކަތް ކުރިއެވެ. އަދި ބައެއް މީހުންނަށް ފައިސާއިން ހުރިހާ ކަމެއް ވިޔަސް ޝުޝާންތްގެ ވިސްނުން މިހާރު އެއާއި ހިލާފެވެ.