twitterviber whatsapp telegramfacebookyoutube instagram
8th April 2026

އަތާއި ފައި މާބޮޑަށް ފިނިވެފަ ހުރުމަކީ ބައްޔެއްގެ އަލާމާތަކަށް ވެދާނެ

Nov 22, 2016

ބައެއްފަހަރު ތިމާގެ ހަށިގަނޑަށް ނުވަތަ ސިއްހަތަށް އަންނަ ބަދަލެއް މާބޮޑަށް ފަރުވާނުކޮށް ދޫކޮށްލެވޭގޮތް ވެއެވެ. އެއީ ބައްޔެއްގެ އަލާމާތެއް ކަމަށް ވީނަމަވެސް އެކަން ނަގައި ނުގަނެވޭގޮތް ވެއެވެ. އެއީ ކުޑަ ކަމަށްކަށް ވާތީ އަޅާނުލައި ދޫކޮށްލެވެ އެވެ. އެގޮތުން މިއީވެސް ގިނަ ބަޔަކަށް ދިމާވާ އެހެން ނަމަވެސް ސީރިއަސްކޮށް ނުނަގާ ދޫކޮށްލެވޭ ކަމެކެވެ.

ތިމާގެ ހަށިގަނޑުގެ ހޫނުމިން އެއްވަރެއްގައި ހުރެފައި އަތާއި ފައި މާ ބޮޑަށް ފިނިވެފައި ހުރޭހެއްޔެވެ؟ ތިއީ ކޮންމެވެސް ބައްޔެއްގެ އަލާމާތަކަށް ވެދާނެ އެވެ. އޭގެތެރޭގައި އެނީމިއާ، ޑައިބެޓީސް، ތައިރޮޑް، ނާރުގެ މައްސަލަތަށް ހިމެނެ އެވެ.

މީގެ އިތުރުން ހަމުގެ މައްސަލަތަކާއި، ލޭދައުރުވުން، ނުވަތަ އަތާއި ފައިގެ ޓިޝޫތައް ހަލާކުވުން ފަދަ މައްސަލަތަށް ވެސް އަތާއި ފައި ފިނިވުމުން ދިމާވެދާނެ އެވެ.

ޑޮކްޓަރަށް ދެއްކުމަށްފަހު ބޭސް ބޭނުން ކުރުމުގެ އިތުުރުން މިކަމުން ދުރުވުމަށް އަމިއްލައަށް ވެސް ކުރެވިދާނެ ކަންކަން އެބަހުއްޓެވެ. މިސާލަކަށް އިސްޓާކީން ނުވަތަ ހަށިގަނޑުގެ ހޫނުކަން ދަމަހައްޓައިދޭ ފަދަ ހެދުން ބޭނުން ކުރެވިދާނެ އެވެ. ނުވަތަ ފައިވާނުގެ ބަދަލުގައި ބޫޓަށްވެސް އެރިދާނެ އެވެ. އެއިރުން ހަށިގަނޑަށް ފިނި ވަންނަ ވަރު މަދުކޮށްދޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355