twitterviber whatsapp telegramfacebookyoutube instagram
8th April 2026

ބަރުދަން ލުއި ކުރުމަށް އެހީ ވެދޭ ބައެއް ކަންތައް

Nov 28, 2016

ދުނިޔޭގެ 60 އިންސައްތަ ފިރިހެނުން އަދި 65 އިންސައްތަ އަންހެނުންނަކީ ބަރުދަން ހުންނަށް ޖެހޭ ވަރަށް ވުރެ ބަރު މީހުންނެވެ. އެގޮތުން މިއީ ބަރުދަން ލުއި ކުރުމަށް އެހީވެދޭ ބައެއް ކަންތަކެވެ.

1. މަދުވެގެން 30 މިނެޓް ކަސްރަތުކުރުން

ބަރުދަން ލުއިކުރުމަށް ދުވަންގޮސް ހެދުމުގެ ބަދަލުގައި މަދުވެގެން 30 މިނެޓް ގޭގައި ކަސްރަތު ކޮށްލުމުން ކޮންމެ ދުވަހަކު 25 އިންސައްތައިގެ ބަރުދަން ލުއި ކޮށް ދިނުމަށް އެހީ ވެދެއެވެ. މިއީ އިންޓަނެޓްގެ ޒަމާނެއް ކަމުން އިންޓަނެޓްގައި އެކި ކަހަލަ ކަސްރަތުގެ ވީޑިއޯ ފެނިގެން ދާނެއެވެ.

2. ލަހުން މަޑުމަޑު ކެއުން

އަވަހަށް ކެއުމަކީ ކުޑައިރުން ފެށިގެން މައިންބަފައިން ދަސްކޮށްދޭ އާދަ އެކެވެ. އެކަމަކު އެއީ ކަން ކުރަންޖެހޭ އެންމެ ރަނގަޅު ގޮތެއް ނޫނެކެވެ. އަވަހަށް ކެއުމުން ގިނައިން ކެވުނުކަމުގެ އުނދަގޫ ފަހުން ކުރެއެވެ. އެހެންވެ ކާއިރު މަޑު މަޑުން، ލަސް ލަހުން ކެއުމުން ކާށެވެ. އޭރުން ކާ އެއްޗެހި ހަޖަމުކުރުމަށް ފަސޭހަވެ ބަނޑު ހައިވުން ލަސްކޮށްދެއެވެ.

3. ފިލްމު ބަލަން އިނދެގެން ނުކެއުން

ފިލްމެއް ނުވަތަ ޑުރާމާ އެއް ބަލަން އިށީނދެވެނީ ކާނެ އެއްޗެއް ހިފައިގެން ނެވެ. އޭގެ ސަަބަބުން ކާއެއްޗެއް ގެ އަދަދަކަށް ނުބަލައި މާގިނައިން ކެވޭތަން އާދެއެވެ. ހިކެން ބޭނުންނަމަ މިއީ ބަލަންޖެހޭ މުހިއްމު ކަމެކެވެ. ބިސްކޯދު، ޗޮކްލެޓް ފަދަ އެއްޗެއް އެގޮތަށް ކެއުމުގެ ބަދަލުގައި ޔޯގަޓް ތައްޓެއް ނުވަތަ ހަށިގަނޑަށް ފައިދާ ހުރި މަދު (ނަޓްސް) ކޮޅެއް ކާލާށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355