twitterviber whatsapp telegramfacebookyoutube instagram
18th December 2025

“ވީ ބޭވަފާ” މި މަހު 30 ގައި ތިލަދެކުނު ސިނަމާގައި

Nov 28, 2016

އިބްރާހިމް ވިސާމް(ކަނޑި)ގެ ލޯބީގެ ފިލްމް “ވީ ބޭވަފާ” މި މަހު 30 ގައި ތިލަދެކުނު ސިނަމާގައި އެޅުވުމަށްވަނީ ހަމަޖެހިފަ އެވެ.

މިހާރު ވެސް ޓިކެޓް ޕްލޭގްރައުންޑް ފިހާރައިން ދޫކުރަމުންދާ ކަމަށް ކޭއޯ އަށް މައުލޫމާތު ދެމުން ކުޅުދުއްފުށީގައި މި ފިލްމު އެޅުވުމުގައި އިސްކޮށް އުޅޭ އޮފިޝަލަކު ބުންޏެވެ. މިފިލްމުގެ ޓިކެޓްގެ އަގަކީ 100 ރުފިޔާ އެވެ.

މިފިލްމްގައި ހަރަކާތްތެރިވާ މަޝްހޫރު ފިލްމީ ތަރިގެ ތެރޭގައި ފަރީލާ އާއި ޔޫއްޕެ،މުއާޒް އަދި ނިއުމާ ފަދަ ތަރިން ހިމެނެ އެވެ

ހދ.ހަނިމާދޫގައިވެސް 30 ނޮވެންބަރ ވަނަ ދުވަހު އިޖްތިމާއީ މަރުކަޒުގައި މި ފިލްމު އެޅުވުމަށް ވަނީ ހަމަޖެހިފަ އެވެ. ހަނިމާދޫއިން ޓިކެޓް ވިއްކަނީ ސްޓާޓިންގ ޕޮއިންޓް އިން ނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355