ހިރަފުސް ޔޫތު ޗެމްޕިއަންޝިޕް 2016 ގެ ފުރަތަމަ މެޗު ޓީމް ކޮރަލްސް އިން 4-1 އިން ކާމިޔާބުކޮށްފި އެވެ.
މިއަދު ކުޅުނު މި މުބާރާތުގެ ފުރަތަމަ މެޗުގައި ޓީމް ކޮރަލްސް އިން ބައްދަލުކުރީ ނޮޅިވަރަމްގެ ޓީމެއް ކަމުގައިވާ ޕްލަކް ޓީސީއާ އެވެ.
މި މެޗު ފަށައިގެން ކޮރަލްސް އިން މެޗު ޑޮމިނޭޓްކުރިއިރު ފުރަތަމަ 15 މިނެޓްތެރޭ އެ ޓީމުން ވަނީ ދެ ލަނޑު ޖަހާފަ އެވެ. ނަމަވެސް ނޮޅިވަރަމް ޓީމުން ކުޅުން ރަނގަޅުކޮށް މެޗުގެ ތެރެއަށް އަލުން ވަދެ ލަނޑެއް ވަނީ ކާމިޔާބުކޮށްފަ އެވެ.
ދެވަނަ ހާފުގައި ކޮރަލްސްއިން ވަނީ އިތުރު ދެ ލަނޑު ޖަހާފަ އެވެ. މިއަދުގެ މެޗުގައި ކޮރަލްސްގެ 4 ލަނޑު ގެ ތެރެއިން ދެ ލަނޑު އެ ޓީމަށް ޖަހައިދިނީ އެ ޓީމަށް ކުޅޭ ނޮޅިވަރަމްފަރުގެ ކުޅުންތެރިއެއް ކަމުގައިވާ އިބްރާހިމް ވަހީދު އެވެ. އަނެއް ދެ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހުސައިން އަހްމަދު އަދި އަހްމަދު އަބްދުﷲ ނަސީރު އެވެ.
ޑިސެންބަރު 3 އިން 16 އަށް ކުރިއަށްދާ މި މުބާރާތުގައި މާދަމާ ކުޅޭ މެޗުގައި ބައްދަލުކުރާނީ މިނީ ޒިގްޒެގް އަދި ޑާކް ސިޓީ އެފްޓީ އެވެ.