ލަވަކިޔުންތެރިޔާ ހިމޭޝް ރޭޝަމްޔާ ކޮމްޕެނީގެ ސީއީއޯ އޭންޑީ ސިންގް އަމިއްލަ އަށް މަރުވެއްޖެ އެވެ.
އޭންޑީ އަމިއްލައަށް ދަންޖެހި މަރުވެފައި ހުއްޓާ ފެނިފައިވަނީ ކޮޓަރީގެ ސީލިންގުގައި ހުރި ފަންކަލުގަ އެވެ.
އޭންޑީއާއި އޭނާގެ އަންހެނުންނާ ޖެހޭ މައްސަލަތަކުގެ ސަބަބުން އަންހެނުންވަނީ ވަރިވާން ބޭނުންވެފައި އެވެ. އެކަމަކު އަންހެން ދަރިފުޅައްޓަކާ ވަރިވުމަށް ދެކޮޅަށް ހެދުމަށް ފަހުން މިދިޔަ މަހު ތެރޭގައި ދެމީހުންވަނީ ވަރި ވެފައި ކަަމަށް ހަބަރުތަކުން ބުނެއެވެ.
ވަރިވުމަށްފަހު އޭންޑީ އާއި އޭނާގެ މަންމަ އަދި ލޯބިވެރިޔާއާ އެކު ދިރިއުޅެމުން އަންނަނީ ތަރަޕުރޭ ޓަވާރ ކައިރި އޮށައިވަރާގައި އެވެ.
އޮށައިވަރާގެ ޕޮލިހުންދަނީ އެކަން ތަހުގީގު ކުރަމުންނެވެ. އަދި އޭނާގެ މަންމަ އަދި ލޯބިވެރިޔާއާ ސުވާލު ކުރުމުން އެނގޭ ގޮތުގައި އޭންޑީ ދިޔައީ ކަންކަމާ ހިތްހަމަނުޖެހި ވަރަށް ވިންނަމުން ކަމަށް ބުނެއެވެ. ލޯބިވެރިއާ ބުނިގޮތުގައި އަންހެނުންނާ ވަކި ވުމުންނާއި މަންމަ އާއި ދޭތެރޭ ވިސްނާ މަރުވާންވީ ކަމަށް ތަކުރާރުކޮށް ބުނާ ކަމަށް ވަނީ ބުނެފައި އެވެ.
ޕޮލިހުންދަނީ މިކަން އިތުރަށް ތަހުގީގު ކުރަމުންނެވެ.