twitterviber whatsapp telegramfacebookyoutube instagram
8th April 2026

ބޯށީގައި ހިމެނޭ ފައިދާތައް އެނގޭ ހެއްޔެވެ؟

Dec 17, 2016

މިއީ ދިވެހިންގެ ތެރޭގައި ހަމަ ވަރަށް އާންމު އެއްޗެކެވެ. ފަސޭހައިން ލިބެން ހުންނަ ހަށިގަނޑަށް އެހާމެ ފައިދާވެސް ކުރާ އެއްޗެކެވެ. ކުރިންސުރެ ދިވެހިންގެ ކެއުމުގެ ތެރޭގައި ހިމަނަމުން އަންނަ ބޯށީން ލިބޭ ހަގީގީ ފައިދާ ނޭނގި ހުރެދާނެ އެވެ. އެހެން ނަމަވެސް މިއީ އޭގައި ގިނަ އަދަދެއްގެ ސިއްހީފައިދާ ހިމަނޭ އެއްޗެކެވެ.

ވިޓަމިން އަދި މިނަރަލްސް އިން މުއްސަދި ވެފަ

ބޯށީގައި ގިނަ އަދަދަކަށް ވިޓަމިން އޭ، ސީ އަދި އީ ހިމެނެވެ. އަދި މީގެ އިތުރުން ޕޮޓެންޝިއަމް އަދި ފައިބާވެސް ގިނަ އަދަދަކަށް ބޯށީގައި ހިމެނެ އެވެ. އެހެންކަމުން މިއީ އާންމުކޮށް ކެއުމުގައި ހިމެނުމަށް ރަގަނޅު ބާވަތެކެވެ.

ހިމަގްލޮބިން ލެވެލް މަތިކޮށްދޭ

ބޯށިން ހަމައެކަނި ލިބެނީ ވިޓަމިނެއް ނޫނެވެ. މިއީ ހަށިގަނޑުގައި ހިމެނޭ ހިމަގްލޮބިން ލެވެން އިތުރުކޮށްދީ ލޭގައި ހަކުރު ހިމެނޭ މިންވަރުވެސް ދަށްކޮށްދޭ ކާނާ އެކެވެ. އެހެންކަމުން ހަކުރު ބަލި ހުންނަ މީހުން ކެއުމަށް ބޯއްޓަކީ އެއްވަނައިގެ އެއްޗަކަށް ވާނެ އެވެ.

އަންހެނުންނަށް ހާއްސަ ކެއުމެއް

އަންހެން ކުދިންގެ މައްސަރު ދުވަސްވަރަކީ ގިނަ އުދަނގުތަކާއި ކުރިމަތިވާ ދުވަސްވަރެކެވެ. ބަނޑުގައި ރިއްސުންފަދަ ކަންކަން އާންމުކޮށް ދިމާވާ ދުވަސްވަރެކެވެ. މި ދުވަސްވަރު ބޯއްޓަކީ އެކަމަށް އެހީވެދޭނެ އެއްޗެކެވެ. ހާއްސަކޮށް ބަނޑުގަ ރިހުމާއި ދުރުކޮށްދީ ލޭ އަންނަ މިންވަރު މަދުކޮށްދޭ އެއްޗެކެވެ. މީގެ އިތުރުން ގާތުން ދޭ މައިންނަށް ވެސް ބޯއްޓަކީ ވަރަށް ރަނގަޅު އެއްޗެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355