އަކްޝޭކުމާރު އިސްރޯލްއިން ފެނިގެންދާ “ޖޮލީ އެލްއެލްބީ 2” ގެ ޓުރެއިލާ އާންމު ކޮށްފިއެވެ.
2013 ވަނަ އަހަރުގެ ޖޮލީ އެލްއެލްބީގައި ފެނިގެންދިޔަނީ އަރްޝަދު ވަރުސީ އެވެ. އެކަމަކު ޖޮލީ އެލްއެލްބީގެ ދެވަނަ ބަައިގެ އިސްރޯލް އަދާކުރަނީ އަކްޝޭކުމާރު އެވެ. އަކްޝޭކުމާރުގެ އިތުރުން ހުމާ ކުރޭޝީ، އަންނު ކަޕޫރް އަދި ސޯރަބް ޝުކްލާ މި ފިލްމުގެ މުހިއްމު ރޯލް ތަކަކުން ފެނިގެން ދެއެވެ.
ފިލްގެ ޑައިރެކްޓަރ ސުބޭޝް ކަޕޫރް ބުނިގޮތުގައި މި ފިލްމުގަައި ވެސް ފުރަތަމަ ފިލްމެކޭ އެއްފަދަ ގޮތަކަމަށް އެކަމަކު ހާދިސާ ކުރީ ފިލްމާ ވަރަށް ތަފާތުވެފައި މިއީ ވެސް ހަގީގީ ހާދިސާއަކަށް ބިނާކޮށް ތައްޔާރު ކުރެވިފައިވާ ފިލްމެއް ކަމަށް ބުނެއެވެ. އަދި މި ފިލްމުގެ ހަމައެކަނި ތަފާތަކީ ފުރަތަމަ ފިލްމުގައި ހިމެނިފައިވާނީ އެންމެ ކޭސް އަކަށް ދައުވާ ކުރާ ތަން ކަމަށާއި މިފަހަރަކު އިތުރު ކޭސް ތަކަށް ދައުވާ ކުރާތަށް ފެނިގެންދާނެ ކަމަށް ބުންޏެވެ.
އެގޮތުން މި ފިލްމުގެ ސަބަބުން އަކްޝޭކުމާރު އަށް މި ދާއިރާ އިން އިތުރު ކުރިއެރުމެއް ލިބޭނެ ކަމަށް ވެސް ޑައިރެކްޓަރ ވަނީ ބުނެފައި އެވެ.
ފިލްމު ރިލީޒް ކުރަން ހަމަޖެހިފައި ވަނީ 10 ފެބްރުއަރީ 2017 ގައި އެވެ.