twitterviber whatsapp telegramfacebookyoutube instagram
4th May 2024

ގައުމީ ފިލްމު އެވޯޑުގެ އެންމެ މޮޅު ފިލްމަކަށް “ލޫދިފާ” ހޮވިއްޖެ

Dec 22, 2016

ހަތްވަނަ ގައުމީ ފިލްމު އެވޯޑްސްގެ އެންމެ މޮޅު ފިލްމަކަށް ލޫދިފާ ހޮވިއްޖެ އެވެ.

ރޭ ދަރުބާރު ގޭގައި ބޭއްވި މި ހަފުލާގައި ލޫދިފާގެ ޓީމާ މި އެވޯޑް ހަވާލުކޮށްދެއްވީ ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމް އެވެ. އެވޯޑް ހަފްލާގައި ލޫދިފާއިން ވަނީ ގިނަ އެވޯޑްތަކެއް ވެސް ހާސިލްކޮށްފައިއެވެ.

ގައުމީ ފިލްމު އެވޯޑްސްގެ މި ހަފުލާ “ލޫދިފާ” ގެ ޓީމުން ޖުމްލަ 19 ކެޓަގަރީއަކުން މި ފިލްމު ވާދަކޮށް ނިންމާލީ ނޮމިނޭޓްވި ކެޓަގަރީތަކުން ޖުމްލަ 10 އެވޯޑް ކާމިޔާބުކޮށްގެންނެވެ..

ގައުމީ ފިލްމު އެވޯޑްގައި އެވޯޑް ލިބުނު ފަންނާނާނުންނާއި ފިލްމުތައް

– އެންމެ މޮޅު ލިރިކްސް: ތިޔަމޫނަށް ލޯ – މުހައްމަދު އަބްދުލް ޣަނީ (މިހަށިން ފުރާނަ ދަންދެން)

– އެންމެ މޮޅު ލަވަ: ފަސްޖެހުމެއް ނެތި – މުހައްމަދު ފުއާދު (ލޫދިފާ)

– އެންމެ މޮޅު އަންހެން ލަވަކިޔުންތެރިޔާ: ޝިފާ ތައުފީގު – ޒުވާން ތިޔަ ނަން ހިތުގާ (ފަތިސް ހަނދުވަރުގެ ފެށުން)

– އެންމެ މޮޅު ފިރިހެން ލަވަކިޔުންތެރިޔާ: މުހައްމަދު އަބްދުލް ޣަނީ – ލޯބިވާއޭ (ހިތް ޔާރާ ދީފާ)

– އެންމެ މޮޅު ކޮރިއޯގްރެފީ:ރަވީ ފާރޫގް – ތިޔަ މޫނަށް ލޯ (މިހަށިން ފުރާނަ ދަންދެން)

– އެންމެ މޮޅު އާޓް ޑައިރެކްޝަން: މޫމިން ފުއާދު – އިސްމާއިލް ރަޝީދު – ހުސެން މުނައްވަރު (ލޫދިފާ)

– އެންމެ މޮޅު ކޮސްޓިއުމް ޑިޒައިން: އައިމިނަތު ނަސްރީނާ – އަހުމަދު ސައީދު (ލޫދިފާ)

– އެންމެ މޮޅު މޭކަޕް: ހަސަން އާދަމް (ފަތިސްހަނދުވަރުގެ ފެށުން)

– އެންމެ މޮޅު ވިޝުއަލް އިފެކްޓްސް: އަހުމަދު ޝިނާން (ފަތިސްހަނދުވަރުގެ ފެށުން)

– އެންމެ މޮޅު ސައުންޑް މިކްސިން: އަލީ ޝިފާއު (ފަތިސްހަނދުވަރުގެ ފެށުން)

– އެންމެ މޮޅު ސައުންޑް އެޑިޓިން: އަލީ ޝިފާއު (ފަތިސްހަނދުވަރުގެ ފެށުން)

– ބެކްގްރައުންޑް މިއުޒިކް: މުހައްމަދު އިކްރާމް (ސަޒާ)

– އެންމެ މޮޅު ސިނެމެޓޯގްރެފީ: ހުސެއިން މުނައްވަރު (ސަޒާ)

– އެންމެ މޮޅު އެޑިޓިން: އަލީ މުސްތަފާ (ސަޒާ)

– އެންމެ މޮޅު ސްކްރީންޕްލޭ: މޫމިން ފުއާދު (ލޫދިފާ)

– އެންމެ މޮޅު ސަޕޯޓިން އެކްޓްރެސް: ފާތިމަތު އާޒިފާ (ލޫދިފާ)

– އެންމެ މޮޅު ސަޕޯޓިން އެކްޓަރު: ރަވީ ފާރޫގް (ލޫދިފާ)

– އެންމެ މޮޅު އެކްޓްރެސް: މަރިޔަމް އަފީފާ (ލޫދިފާ)

– އެންމެ މޮޅު އެކްޓަރު: ކޮޕީ އިސްމާއިލް ރަޝީދު (ލޫދިފާ)

– ލައިފްޓައިމް އެޗީވްމަންޓް އެވޯޑްސް: އަމްޖަދު އިބްރާހިމް

– އެންމެ މޮޅު ޑައިރެކްޓަރު: މޫމިން ފުއާދު (ލޫދިފާ)

ގައުމީ ފިލްމު އެވޯޑްސްގެ މިއީ ހަތް ވަނަ ހަފްލާ އެވެ. އަދި މިފަހަރުގެ އެވޯޑްތައް ހާއްސަކޮށްފައި ވަނީ 2011 ވަނަ އަހަރާއި 2013 ވަނަ އަހަރާއި ދެމެދު ސިނަމާތަކަށް ނެރެފައިވާ ފިލްމުތަކަށެވެ

 

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355