twitterviber whatsapp telegramfacebookyoutube instagram
4th May 2024

ބައިވެރިޔާ: ހެއްވާ މަޖާ ފިލްމް ޖެނުއަރީމަހު ތިލަދެކުނު ސިނަމާގައި

Dec 24, 2016

ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓް ކުރާ ފިލްމް ބައިވެރިޔާ އަންނަ ޖެނުވަރީ 3 ގައި  ތިލަދެކުނު ސިނަމާގައި އަޅުވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ފިލްމްގެ ޓިކެޓް “ފޯމިކްސް” ފިހާރައިން 100 ރުފިޔާއަށް ވިއްކަމުންދާއިރު، މިހާތަނަށް އަދި މި ފިލްމްގެ އަޅުވަން ހަމަޖެހިފައިވަނީ އެންމެ ޝޯއެއް ނަމަވެސް ގިނަ މީހުންގެ ތަރުހީބު ލިބޭ ވަރަކުން އިތުރު ޝޯވ އަޅުވާނެ ކަމަށެވެ. ޝޯވ ގެ ޓިކެޓް އިއްޔެ ވިއްކަން ފަށާފައި ވާއިރު މިހާތަކަށް އެއްޝޯގެ އެއްބައި ފުލްވެފައި ވާ ކަމަށެވެ. އަދި ޓިކެޓް އިއްޔެ އާއި މިއަދު ހަވީރު 4:00-6:00 އަދި ރޭގަނޑު 8:30-10:30 ގައި ލިބެން ހުންނާނެ ކަމަށާއި މާދަމާއިން ފެށިގެން ހެނދުނުވެސް ލިބެން ހުންނާނެ ކަމަށް އެ ފިހާރައިން މައުލޫމާތުދެއެވެ.

ބައިވެރިޔާ ފިލްމްގެ ޑައިރެކްޓަރަކީ މަޝްހޫރު އެކްޓަރު އަދި މި ފިލްމުގެ ލީޑް ރޯލުން ފެނިގެންދާ ޔޫސުފް ޝަފީއު (ޔޫއްޕެ) އެވެ. މި ފިލްމް ޕްރޮޑިއުސް ކުރަނީ އިސްމާއީލް ޝަފީގްގެ އިތުރުން މަޝްހޫރު އެކްޓްރެސް ނިއުމާ މުހައްމަދެވެ.

“ބައިވެރިޔާ” ގައި އެންމެ މުހިއްމު ރޯލްތަކުން ފެނިގެންދާނީ ފިލްމީ ދާއިރާއިން ކުރިއަރަމުން އަންނަ މަލީހާ ވަހީދާއި، ލީޑް ރޯލް އިން ފެނިގެންދާ ފިލްމުގެ ޑައިރެކްޓަރު ޔޫސުފް ޝަފީއުއާއި ޝީލާ ނަޖީބް، އަހްމަދު ސައީދު، ނާޝިދާ މުހައްމަދު (ނާއްކޮ)، އަހްމަދު އަޒުމީލް (އަޒޭ)، މުހައްމަދު ފައިސަލް، ހުސައިން ޝިބާއުގެ އަދި އަހުމަދު ސުނީވެސް މި ފިލުުމުން ފެނިގެންދާނެ އެވެ.

މި ފިލްމަކީ ގާތް ތިން ރަހުމަތްތެރިންގެ ދިރިއުޅުމުގައި ދިމާވާ ތަފާތު ހެއްވާ މަޖާ ކަންތައްތަކެއް ދައްކުވައިދޭ ފިލްމެކެވެ. ބައިވެރިޔާ ފިލްމް ބަލާފައި ނުހީ ނުހީބެވޭނެ ކަމަށް އެ ފަރާތް ތަކުން ބުނަމުން ދެއެެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355