twitterviber whatsapp telegramfacebookyoutube instagram
1st November 2025

އާލިއާއަށް އެންމެ މުހިންމީ ކޯޗެއްކަން އެނގޭތަ؟

Dec 25, 2016

އުމުރުން 23 އަހަރުގެ އާލިއާ ބަޓް އަކީ 2012 ވަނަ އަހަރު ސްޓޫޑެންޓް އޮފް ދަ އިޔާއިން މަޝްހޫރުވި އަދި މިހާރު ވަރަށް ކުރިއަރަމުން އަންނަ ޒުވާނުންގެ މެދުގައި މަގުބޫލުކަން ހޯދައިފައިވާ ތަރި އެކެވެ.

2016 ވަަނަ އަހަރަކީ އާލިއާއަށް ވަރަށް ގިނަ ކާމިޔާބީތަކެއް ލިބުން އަހަރެއްކަން ކަށަވަރެވެ. މިއަހަރުގެ ތެރޭގައި އާލިއާގެ 4 ފިލްމެއް ވަނީ ރިލީޒް ވެފައި އެވެ. އާލިއާ މިއަހަރު ކުޅުނު ފިލްމެއް ކަމަށްވާ “އުދްތާ ޕުންޖާބް” އަދި “ޑިއާ ޒިންދަގީ” އަކީ ގިނަ ފިލްމް އެވޯޑްތަކުގައި އެންމެ ކުރީ ސަފުގައި ގުނާލެވޭ 2 ފިލްމެވެ.

އެގޮތުން އެންމެ ފަހުން އާލިއާ ބައިވެރިވި ފިލްމް ފެއާއެއްގައި އާލިއާ ވަނީ އޭނައަށް މިހާތަނަށް އެންމެ މުހިއްމު ވަނީ މީހުންގެ ލޯބި ކަމަށާއި ނުދަންނަ މީހުން ފިލްމު ބަލާފަ އެ ފިލްމާ ބެހޭގޮތުން ދައްކާ ރަނގަޅު ވާހަކަ ތަކަކީ އޭނާގެ ދެކޭގޮތުގައި އެންމެ މުހިއްމު ކަންތައް ކަމުގައި އެވެ.

” ބައެއް މީހުންނަށް ފިލްމު ކަމުނު ދިޔުމުން ވެސް ބުނާނެ، ކޮންމެ މީހަކަށް ވެސް އެމީހަކު ދެކޭގޮތެއް ބުނުމުގެ ހައްގު އޮންނާނެ” ކަމަށާއި އެގޮތަށް އެއްޗެކޭ ބުނުމުން ދެރަވިޔަސް އެމީހުންނާ ދޭތެރޭ ހިތްބުރަ ނުކުރާ ކަމަށް އާލިއާ ވަނީ ބުނެފައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355