އިންސާނުންގެ ހަށިގަނޑު ތެރޭގައި ވާ އިތުރު ގުނަވަނެއް ސައިންސްވެރިން ހޯދައިފި އެވެ.
ސައިންސްވެރިން ހެދި ދިރާސާތަކުން ދައްކާގޮތުގައި މި ގުނަވަން ފެނިފައިވަނީ ހަޖަމްކުރާ ނިޒާމުގެ ތެރެއިންނެވެ. އެހެންނަމަވެސް މި ގުނަވަނުން ކުރަނީ ކޮން މަސައްކަތެއްކަމެއް އަދި ހޯދިފައެއް ނުވެ އެވެ.
ސައިންސްވެރިން ބުނީ ފުރަތަމަ މި ގުނަވަނަކީ ވަކިން އިން އެއްޗެއްކަމުގައި ހީކުރެވުނަސް އެ ގުނަވަނަކީ ޑައިޖެސްޓިވް ސިސްޓަމާއި ގުޅިފައިއިން ގުނަވަނެއް ކަމަށެވެ. މި ގުނަވަނުގެ މައުލޫމާތު އިތުރަށް ދިރާސާކޮށް ބެލިއްޖެނަމަ ހަމަޖު ކުރާ ނިޒާމަށް ޖެހޭ ބަލިތަކާއި ދިމާވާ އުނދުގޫތަކުން ސަލާމަތްވުމަށް ކުރެވޭނެ ފަރުވާތައް ދެނެގަނެވި ދާނެކަމަށް ސައިންސުވެރިން ލަފާކުރެ އެވެ.
މެސެންޓެރީގެ ނަމުން ނަންދެވިފައިވާ މި އޯރގަން ފުރަތަމަ ހޯދާފައިވަނީ އަޔަރލޭންޑް ގެ ޔުނިވާރސިޓީ ހޮސްޕިޓަލް ލިމެރިކްގައި މަސައްކަތް ކުރާ ސައިންސްވެރިއެއް ކަމަށްވާ ޖޭ ކެލްވިން ކޮފޭ އެވެ.
ކެލްވިން ބުނީ މި އާ ގުނަވަނަކީ މިހާތަނަށް ހޯދިފައުނުވާ ގުނަވަނެއް ނަމަވެސް އެއީ އިން ގުނަވަނެއް ނޫން ކަމަށާއި މިއީ ހަޖަމްކުރާ ނިޒާމާއި ގުޅިފައިން ގުނަވަނެއް ކަމަށެވެ.
މެސެންޓެރީއާއި ބެހޭގޮތުން ފުރަތަމަ ވާހަކަ ދައްކާފައިވަނީ ލިއަނާޑޯ ޑާވިންޗި އެވެ. އެހެންނަމަވެސް އެދުވަސްވަރު މި ގުނަވާބެހޭ ގޮތުން ދިރާސާ ކުރަން މާބޮޑު އިސްކަމެއް ދީފައެއް ނުވެއެވެ. އެއަށްފަހު ސައިންސްވެރިން އެއީ ވަކިން އިން ގުނަވަނެއް ކަމަށް ބުނެ އިތުރަށް ގުނަވަނާ ބެހޭގޮތުން ކިޔަވާފައެއް ނެތެވެ.