twitterviber whatsapp telegramfacebookyoutube instagram
24th April 2024

އެޕަލް ސައިޑާ ވިނެގާ: ގިނަ ސިއްހީ ފައިދާތަކަށް ބޭނުން ކުރެވޭ

Jan 26, 2017

އެޕްލަ ސައިޑާ ވިނެގާ އަކީ ސިއްހީ އެކި މައްސަލަ ހުންނަ މީހުން ގިނައިން ބޭނުންކުރާ އެއްޗެކެވެ. ދިވެހިންގެ ތެރޭގައިވެސް މިއީ އާންމު އެއްޗެކެވެ. އެހެން ކަމުން އެޕަލް ސައިޑާ ބޭނުން ކުރެވޭނެ 5 ކަމެއް މި ލިއުމުގައި ހިމަނާ ލާނަމެވެ.

ކަރުގައި ރިއްސުން

ކަރުގައި ރިއްސާނަމަ ނިދުމުގެ 1 ގަޑި އިރުކުރިން 1 ސަމުސާ އެޕަލް ސައިޑާ ބޭނުން ކުރާށެވެ. އެއަށްފަހު 30 މިނެޓްފަހުން އަދި ނިދުމުގެ ކުރިން 1 ސަމުސާ ބޭނުން ކުރާށެވެ.

އަނގައިން ނުބައިވަސް ދުވުން

އަނގައިން ނުބައި ވަސް ދުވާނަމަ އެޕްލަ ސައިޑާ ވިނެގާ ބޭނުން ކުރުމުން ވަރަށް އަވަހަށް ތިކަމުން ސަލާމަތް ވެވިދާނެ އެވެ. ސަބަބަކީ އެޕްލަ ސައިޑާ ވިނެގާ އަނގަ ތެރޭގައި ހުންނަ ބެކްޓީރިއާތައް ވަރަށް އަވަހަށް ނައްތާލަ އެވެ.

ބަނޑުގައި ވައިހެދުން ނުވަތަ އެސިޑިޓީ

މިއިން އެވެސް ކަމެއް ދިމާވާނަމަ ކޮންމެ ރެޔަކު ނިދުމުހެ ކުރިން ފެން ތައްޓަކަށް 1 ސަމުސާ އެޕްލަ ސައިޑާ ވިނެގާ އަޅާއިގެން ބޭނުން ކުރާށެވެ.

ފައިގައި ރިއްސުން

އެޕްލަ ސައިޑާ ވިނެގާ ގައި ގިނަ އަދަދަކަށް ޕޮޓެންޝިއަމް ހިމެނެ އެވެ. އެހެން ކަމުން ފައިގައި ރިއްސާ މީހުންނަށް މިއީ ރަނގަޅު ބޭހެކެވެ. ކޮންމެ ރެއަކު ނިދުމުގެ ކުރިން ހޫނު ފެނަށް 2 ސަމުސާ އެޕްލަ ސައިޑާ ވިނެގާ އެއްކޮށްގެން ބޯށެވެ. ގާތްގަނޑަކަށް ހަފްތާއެއްގެ ތެރޭގައި ރިހުން ލުއި ވާނެ އެވެ.

ބަނޑު ހިކުން

ބަނޑު ހިކޭ ނަމަ 1 ސަމުސާ އެޕްލަ ސައިޑާ ވިނެގާ އެކު ކުޑަ މާމުތް ކޮޅެއް ފެނާ އެއްކޮށްގެން ކޮންމެ ރެއަކު ނިދުމުގެ 30 މިނެޓް ކުރިން ބޯލާށެވެ.

މީގެ އިތުުރުން ވެސް އެޕްލަ ސައިޑާ ވިނެގާ އަކީ އެލާޖީ ތަކަށާއި، ކޮލެސްޓްރޯލް ދަށް ކުރުމަށް އަދި ބަރުދަން ލުއި ކުރުމަށްވެސް ބޭނުން ކުރެވިދާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355