twitterviber whatsapp telegramfacebookyoutube instagram
8th April 2026

ހަލާކުވާ ދަތްތައް އަމިއްލައަށް ހެދޭ ބޭހެއް

Jan 10, 2017

ހަލާކުވެފައި ނުވަތަ ފަނިކައިފަ ހުންނަ ދަތްތައް އަމިއްލައަށް އަލުން ހެދޭ ފޯމިއުލާއެއް ސައިންސްވެރިން ހޯދައިފި އެވެ.

ލަންޑަންގެ ކިންގްސް ކޮލެޖްގެ މާހިރުންތަކެއް ހެދި ދިރާސާއަކުން ދައްކާގޮތުގައި ހަލާކު ވެފައި ހުންނަ ދަތްތަކަކީ އަމިއްލައަށް ރިޕެއާރ ވާ ނުވަތަ އަލުން ހެދޭނެ އެއްޗެކެވެ. އެމީހުން ހޯދި ފޯމިއުލާވަނީ މީދާ ބޭނުން ކޮށްގެން ޓެސްޓްކޮށްފަ އެވެ.

އެގޮތުން ބައޯޑިގްރޭޑަބަލް ސްޕޮންޖެއްގައި އެމީހުން ހޯދި ބޭސް ޖެހުމަށްފަހު ހަލާކުވެފައިވާ ދަތުގެ ތެރެއަށް ލައްވައެވެ. އެއަށްފަހު އެމީހުންގެ ހެދި ދިރާސާ ރިޕޯޓްގައި ވަނީ މި ބޭހުގެ ސަބަބުން ގުދުރަތީ ގޮތުން ދަތް އެއްކޮށް އަލުން ހެދޭ ކަމަށެވެ.

އެހެންނަމަވެސް މި ބޭހުން ހެދެނީ ކުޑަކޮށް ހަލާކުވެފައި ހުންނަ ދަތްތަކެވެ.

އާންމުކޮށް ދަތް ހަލާކުވުމުން ދަތް ހަދަނީ ފުޓުނި އަޅައި ގެންނެވެ. އެހެންނަމަވެސް ދިމާވާ މައްސަލައަކުން އެތައްފަހަރަކު ފުޓުނި އަލުން ބަދަލުކުރަން ޖެހެއެވެ. އެހެންކަމުން މިހާރު ކުރެވެމުން ދާ މަސައްކަތަކީ ބޮޑަށް ހަލާކުވެފައި ހުންނަ ދަތްތައްވެސް ގުދުރަތީ ގޮތުން ހެދޭނެ ފޯމިއުލާއެއް ހޯދުމުގެ މަސައްކަތެެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355