twitterviber whatsapp telegramfacebookyoutube instagram
19th April 2024

ޕެނަޑޯލްގައި ގިނަ ސައިޓް އެފެކްޓްސް ހުރޭ

Aug 7, 2017

ދިވެހިންގެ ތެރޭގައި ހިފާފައިވާ ނުރަނގަޅު އާދަ އެކެވެ. ތަނެއްގައި ރިއްސާލާއިރަށް ނުވަތަ ތަނަކަށް ތަދުވާއިރަށް ޑޮކްޓަރުގެ އިރުސާދަކާއިވެސް ނުލާ ބޭސް ބޭނުން ކުރުމެވެ. ހާއްސަކޮށް ޕެނަޑޯލަކީ ބަނޑު ކެއުމަކަށް ބޭނުން ކުރާ އެއްޗެކޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ.

ކޮންމެ ބޭހެއްގައި ވެސް “ސައިޑް އެފެކްޓް” ހުންނާނެ އެވެ. ތިމާއާއި ނުގުޅޭ ބޭހަކަށްވެސް ވެދާނެ އެވެ. އެހެން ކަމުން ޑޮކްޓަރެއްގެ ލަފައާއި ނުލާ މާގިނައިން ބޭސް ބޭނުން ކުރުމަކީ ރައްކާތެރި ގޮތެއް ނޫނެވެ. އެއީ ޕެނަޑޯލް ވިއަސް އަޕަމޯލް ވިއަސް އެވެ.

ޕެނަޑޯލް އަކީ ތިމާއާއި ނުގުޅޭ ބޭހެއްނަމަ ހުންއައުން، ބުރަކަށި ނުވަތަ އަރިކަށީގައި ރިހުން ފަދަ ކަންކަން ދިމާވެދާނެ އެވެ. ނުވަތަ ހަންގަނޑު ހިރުވާ، ރަތް ވުންވެސް މެދުވެރި ވެދާނެ އެވެ މިއީ ސީރިއަށް މައްސަލަތަކެއް ކަމުގައި ނުވިއަސް ޕެންޑޯލް ބޭނުން ކުރުމަށްފަހު މިފަދަ ކަމެއް ދިމާވާނަމަ އޭގެ މާނައަކީ ތިމާއާއި ޕެނަޑޯލް ނުނގުޅެނީ އެވެ. މީގެ އިތުރުންވެސް ކުޑަ ކަމުދެވޭ މިންވަރު މަދުވެ ހަންގަނޑު ރީދޫވުމަށް ވެސް މި ބޭސް ނުގުޅޭނަމަ މެދުވެރި ވެދާނެ އެވެ. މީގެން އެއްވެސް ކަމެއް މެދުވެރިވާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުން ބުއްދިވެރި އެވެ.

އެކި ބަލިތަކަށް ޕެންޑޯލް ހުންނައިރު އާދައިގެ ބޭހެއްގޮތައް ދެކި ޑޮކްޓަރުގެ ލަފައާއި ނުލާ ބޭސް ބޭނުން ކުރުމުން އިތުރު މައްސަލަތަކާއި ކުރިމަތިލާން ޖެހުމަކީ އެކަށީގެން ވާ ކަމަކެވެ. އެެހެން ކަމުން ސިއްހަތާއި ދޭތެރޭ ވިސްނާލައްވާ ބޭހެއް ބޭނުން ކުރުމުގެ ކުރިން އޭގެ މައުލޫމާތު ފުރިހަމައަށް ހޯއްދަވާށެވެ.

7 އަހަރާއި 12 އަރާއި ދެމެދުގެ ކުދިން 4-6 ގަނޑި އިރާ ދޭތެރޭ ބޭނުން ކުރަންވާނީ 1 ގުޅައެވެ. 24 ގަޑި އިރުތެރޭ އެންމެ ގިނައިން ކާން ވާނީ 4 ގުޅައެވެ.

12 އަހަރުން މަތީގެ މީހެއްނަމަ ޕެނަޑޯލް ބޭނުން ކުރަންވާނީ 4-6 ގަނޑިއިރުތެރޭގައި 1-2 ގުޅައެވެ. 24 ގަޑި އިރުތެރޭ އެންމެ ގިނައިން ބޭނުން ކުރަންވާނީ 8 ގުޅަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355