twitterviber whatsapp telegramfacebookyoutube instagram
30th April 2026

ކަޕިލް ޝަރްމާ ޝޯރ ގެ މެހެމާނަކަށް ޖެކީ ޗޭން

Jan 23, 2017

ސޮނީ ޓީވީއިން ދައްކާ ހެއްވާ މަޖާ “ކަޕިލް ޝަރްމާ ޝޯރ” ގެ މެހެމާނަކަށް ދެން ފެނިގެންދާނީ ޖެކީ ޗޭން ކަމަށް ކަޕިލް ހާމަކޮށްފި އެވެ.

ކަޕިލްގެ ޝޯރ އަށް ދެން އަންނަ މެހެމާނަކީ ޖެކީ ޗޭން ކަން ހާމަކޮށްފައި ވަނީ ކަޕިލްގެ ޓްވީޓް އަކުންނެވެ.

Oh my god .. #jackiechanontkss

— KAPIL (@KapilSharmaK9) January 23, 2017

މުޅި ދުނިޔެއަށް މަޝްހޫރު މާރޝިއަލް އާރޓްސް އަށް މޮޅު ޖެކީ ޗޭން ކަޕިލްގެ ޝޯރ އަށް ދިޔުމުގެ ބޭނުމަކީ، ޖެކީ ދެން ފެނިގެންދާ ފިލްމް “ކަންގ ފޫ ޔޯގާ” ޕުރޮމޯޓް ކުރުމެވެ. ސްޓަންލޭ ޓޮންގްގެ މި ފިލްމް ކުޅެފައި ވަނީ އިންޑިޔާގައި އެވެ. އަދި މި ފިލްމްގައި އިންޑިޔާގެ ބައެއް ތަރިންވެސް ފެނިގެން ދެއެވެ. މި ފިލްމް ރިލީޒް ކުރަން ހަމަޖެހިފައި ވަނީ 3 ފެބްރުއަރީގައި އެވެ.

ޖެކީ ޗޭން ކުޅެފައި ހުރި ހެއްވާ މަޖާ ފިލްމް ތަކުގެ އެކި މަންޒަރުތައް މި ޝޯރ ގެ ތެރެއިން ފެނިގެންދާނެ ކަމަށާއި އަދި މިއީ މި ޝޯރ އިތުރަށް ފުރިހަމަ ވެގެންދިއުމަށް ލިބޭ ފުރުސަތެއް ކަމަށް އިންޑިއާގެ ހަބަރުތަކުން ބުނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355