twitterviber whatsapp telegramfacebookyoutube instagram
8th April 2026

ބިގް ބޮސް 10 މަންވީރް ކާމިޔާބުކޮށްފި

Jan 30, 2017

ބިގް ބޮސް ސީޒަން 10 މަންވީރް ގުރްޖާރް ކާމިޔާބު ކޮށްފި އެވެ.

ކަލާސްގެ ރިއަލިޓީ ޝޯވ ބިގް ބޮސްގެ ފައިނަލްގައި ބާނީ ޖޭ އާއި މަންވީރް ގުރްޖާރް ވާދަކޮށް ބެލުންތެރިންގެ ހިތް އަތުލާގަނެ މަންވީރް ގުރްޖާރް ވަނީ ޓްރޮފީ އުފުލާލައިފަ އެވެ.

އިނާމެއްގެ ގޮތުގައި މަންވީރްއަށް ވަނީ 40 ލައްކަ ރުޕީސް ހަވާލުކޮށްފަ އެވެ. މަންވީރް އަކީ މި ސީޒަނުގައި ބެލުންތެރިންގެ އެންމެ ބޮޑު މަގުބޫލުކަމެއް ލިބިގެންދިޔަ ފަރާތެވެ. އޭނާގެ މަގުބޫލުކަން ބެލުންތެރިންގެ މެދުގައި އެހާ ބޮޑުވެގެން ދިޔައީ އޭނާގެ ތެދުވެރި، ހިތްހެޔޮ މިޒާޖާއި ރައްޓެހިންނަށް އޭނަ ދޭ އަޅާލުމުނުގެ ސަބަބުންނެވެ.

މަންވީރްގެ ބައްޕަ ވަނީ އޭނައަށް އިނާމު ލިބުމުން އެންމެންގެ ކުރިމަތީގައި މަންވީރްއަށް ލިބުނު 40 ލައްކަ ތެރެއިން 20 ލައްކަ، ސަލްމާން ހާން ހިންގާ ނުކުޅެދުންތެރިކަށް ހުންނަ ކުދިންނަށް އެހީވެދޭ ޖަމިއްޔާ “ބީން ހިއުމަން” އަށް ހަދިޔާ ކުރާނެ ކަމަށް ބުނެފައި އެވެ.

3 މަސް ދުވަސް ވަންދެން ޝޯވގެ ބައިވެރިން ގެއެއްގެ ތެރޭގައި ބަންދުވެފައި ތިބިއިރު މި ދުވަސްތަކުގައި ޝައުގުވެރިވާ ފަދަ އެތައް ހާދިސާއެއް އެގޭ ތެރޭގައި ވަނީ ހިންގާފަ އެވެ.

ބިގް ބޮސްގެ 10 ވަނަ ސީޒަން އަށް ވީއިރު، ފައިނަލުގައި 3 ބައިވެރިން ވާދަ ނުކުރާ މިއީ ފުރަތަމަ ފަހަރެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355