ރިތިކް ރޯޝަން މަރުވުމުން އޭނާގެ ލޯ ހަދިޔާ ކުރާނެ ކަމަށް ވަނީ ބުނެފައި އެވެ.
ރިތިކްގެ 43 ވަނަ އުފަންދުވަހު، 10 ޖެނުއަރީގައި ވަނީ އޭނާގެ ލޯ ހަދިޔާ ކުރާނެ ކަމަށް ލޮލުގެ ފަރުވާދޭ ހޮސްޕިޓަލެއް ކަމަށްވާ “އަދިއްތިޔާ ޖިޔޮޓީ އައި ހޮސްލިޓަލް” ގެ އެދުމަކަށް ބުނެފަ އެވެ.
ހޮސްފިޓަލްގެ އިސްވެރިޔާ ކަމަށްވާ ޑރ. ސ ނަޓަރަޖަން އިންޑިއާގެ ނޫހަކަށް މައުލޫމާތު ދެމުން ބުނެފައި ވަނީ ކާބިލްގެ ޓްރެއިލާ ފެނުމުން ފުރަތަމަ އެ ފިލްމް ގެ ޕްރޮޑިއުސާ ރަކޭޝް އާއި އެ ވާހަކަ ހިއްސާކުރި ކަމަށެވެ. އަދި ރާކޭޝް ރިތިކް ގާތު އެހުމުން ދިނީ ހީވެސް ނުކުރާ ކަހަލަ ޖަވާބެއް ކަމަށެވެ. އެއީ ރިތިކްގެ ދަރިފުޅުވެސް ދަނީ އޭނާގެ ލޯ ހަދިޔާ ކުރުމާމެދު ވިސްނަމުން ކަމަށާއި އުފަންދުވަހު ޕާޓީ އަކީ އެކަން ފާހަގަ ކުރުމަށް ބޭއްވިގެން ދާނެ ޕާޓީ އެއް ކަމަށެވެ.
އޭގެ އިތުރުން ރިތިކް ބުނެފައި ވަނީ މިކަމަކީ އެހެން މީހުން މިކަހަލަ ކަންކަމަށް ހޭލުންތެރި ކުރުމުގެ ގޮތުން އޭނަ އެޅި ފިޔަވަޅެއް ކަމަށާއި މީހުން މިކަމަށް ހޭލުންތެރި ކުރުމަށް ބޭއްވޭ ކެންޕޭން ތަކުގައިވެސް ބައިވެރިވާނެ ކަމަށް ރިތިކް ވަނީ ބުނެފަ އެވެ.
ރިތިކް އެންމެ ފަހުން ކުޅެފައިވާ ފިލްމް “ކާބިލް” ގައި އޭނާ ފެނިގެން ދިޔައީ ލޯ އަދިރި މީހެއްގެ ރޯލަކުން ނެވެ. އަދި މި ފިލްމަށް ދަނީ ގިނަ ބައެއްގެ ތަރުހީބުވެސް ލިބެމުންނެވެ.