އޮރެންޖް ތޮއްޓަކީ އާންމުކޮށް މީހުން ކައި އުޅޭ އެއްޗެއް ނޫން ކަމުގައި ވިޔަަސް އެއީ ތިހީކުރާހާ ނުބައި އެއްޗެއްވެސް ނޫނެވެ. ބޭނުގައި އޮންނަ ބޯ އަދި މީރު ތޮށިގަނޑު ކާންވީ ސަބަބު މިއޮތީއެވެ.
ބަރުދަން ލުއިކޮށްދޭ
އޮރެންޖް ގެ ތޮށިގައި ހިތި ރަހައެއް ލީ ކަމުގައި ވިޔަސް އެއީ ބަރުދަން ލުއިކޮށް ދިނުމަށް އެއްވަނައިގެ އެއްޗެކެވެ. އޭގެއިތިރުން ގިނަ އަދަދަކަށް ފައިބާ ހުރުމުގެ ސަބަބުން ކޮލެސްޓްރޯލް ލެވެލް އެއްވަރެއްގައި ހިފަހަށްޓައި ދިނުމަށް އެހީވެދޭ އެވެ.
ދަތް ހުދުކޮށްދިނުމަށް އެހީވެދޭ
އޮރެންޖް ތޮށި ދަަތުގައި އުނގުޅުމުން ދަތް ހުދުކޮށް ދަތުގެ މައްސަލަތައް ރަނގަޅު ކޮށްދެއެވެ. އަނގައިގަ ނުބައިވަސް ދުވާ ނަމަ އޮރެންޖް ތޮށި ކޮޅެެއް ހަފާލާށެވެ. މިއީ އަނގައިގެ މީރުވަސް ގިނައިރު ހިފަހަށްޓައިދޭ އެއްޗެކެވެ.
ހަމުގެ ކުލަ އަލިކޮށްދޭ
އޮރެންޖް ތޮށި އަކީ ވިޓަމިން ސީ އިން ފުރިފާވާ އެއްޗެކެވެ. ހިމުން އޮރެންޖް ތޮށި އަދި ކިރު އެއްކުރުމަށް ފަހު އުނގުޅުމުން ހަމުގައި ހުންނަ ލަށްތައް މަދުކޮށް ހަމުގެ އުޖާލާކަށް އިތުރުކޮށްދެއެވެ. އަވިން ހަންގަނޑު އަދާފައި ހުންނަ ތަންތަން މަތީ އޮރެންޖް ތޮށި ހޭކުމުންވެސް ރަނގަޅު ބަދަލެއް ފެނިގެން ދެއެވެ.