ޒުވާނުންގެ މެދުގައި ކުޑަދުވަސް ކޮޅެއްގެ ތެރޭގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ މޮންސްޓަރ އެނާޖީ ޑްރިންކް ކުޅުދުއްފުށީގައި ލޯންޗު ކުރުމަށް ޝޯވއެއް ބޭއްވުމަށް ހަމަޖެހިއްޖެ އެވެ.
މާލޭ އެރޭޓެޑް ވޯޓަރ ކޮމްޕެނީ އިން އިމްޕޯޓްކޮށް މާކެޓް ކުރާ މޮންސްޓަރ އެނާޖީ ޑްރިންކް ލޯންޗް ކުރުމަށް ހަމަޖެހިފައިވަނީ 10 ފެބްރުއަރީ ވާ ހުކުރު ދުވަހުގެ ރޭ ބާއްވާ ޝޯވ އެއްގައެވެ. ރޭގަނޑު 8 ޖަހާއިރު ފެށުމަށް ހަމަޖެހިފައިވާ މި ޝޯވ އޮންނާނީ ކުޅުދުއްފުށީ ހިއްކި ބިމުގައި އާޕޮއިންޓް ފިހާރަ ކުރިމައްޗަށް ވާ ސަރަހައްދުގައެވެ.
މޮންސްޓަރ ލޯންޗް ކުރުމަށް ބާއްވާ މިޝޯވގައި ބޮޑުބެރު އަދި ކަރޯކޭ ޕަރފޯމަންސްތައް ހިމެނޭނެ ކަމަށް މި ޝޯވ އިންތިޒާމު ކުރާފަރާތުން މައުލޫމާތު ދެއެވެ. މީގެ އިތުރުން ސްޓަންޓް ޓީމެއްގެ ޕަރފޯމަންސްތަކެއް ވެސް ހިމެނޭނެ އެވެ. އަދި މޮންސްޓަރ ރަހަބެލުމުގެ ފުރުސަތު ލިބޭއިރު ފްރީގިފްޓްވެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މޮންސްޓަރ އެނާޖީ ޑްރިންކް ލޯންޗް ކުރުމަށް މާލޭގައި ވެސް ވަނީ ޝޯވއެއް ބާއްވާފަ އެވެ. މި ޝޯވއަށް ވެސް ޒުވާނުންގެ ވަރަަށް ބޮޑު ތަރުހީބެއް ވަނީ ލިބިގެން ގޮސްފަ އެވެ.