twitterviber whatsapp telegramfacebookyoutube instagram
8th April 2026

ޝޯވ އަކާއެކު ކުޅުދުއްފުއްޓަށް މޯންސްޓަރ ތައާރަފްކޮށްފި

Feb 11, 2017

ޒުވާނުންގެ މެދުގައި ކުޑަދުވަސް ކޮޅެއްގެ ތެރޭގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ މޮންސްޓަރ އެނާޖީ ޑްރިންކް ކުޅުދުއްފުއްޓަށް ތައާރަފްކޮށްފި އެވެ.

މޯންސްޓަރ ޑްރިންކް ކުޅުދުއްފުއްޓަށް ތައާރަފްކުރުމުގެ ގޮތުން ރޭ ވަނީ ހާއްސަ މިއުޒިކް ޝޯ އެއްވެސް ކުރިއަށްގެންގޮސްފަ އެވެ.

މާލޭ އެރޭޓެޑް ވޯޓަރ ކޮމްޕެނީ އިން އިމްޕޯޓްކޮށް މާކެޓް ކުރާ މޮންސްޓަރ އެނާޖީ ޑްރިންކް ލޯންޗް ކުރުމަށް ބޭއްވި ޝޯވ ކުރިއަށް ގެންގޮސްފައިވަނީ ކުޅުދުއްފުށީގެ އޭޖެންޓް އާޕޮއިންޓް ފިހާރަ ކުރިމަތިގައި އެވެ.

މި ޝޯވގައި ބޮޑުބެރު އަދި ކަރޯކޭ ޕަރފޯމަންސްތައްވެސް ފެނިގެންދިޔަ އެވެ. އަދި މީގެ އިތުރުން ސްޓަންޓް ޓީމެއްގެ ޕަރފޯމަންސްތަކެއް ވެސް ކުރިއަށްގެންދިޔަ އެވެ.

ޝޯވ ކުރިއަށްދިޔައިރު މޯންސްޓަރ އެނަޖީ ޑްރިކްސްގެ ދަޅާއި ފްރީގިފްޓްވެސް ބަހާފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355