twitterviber whatsapp telegramfacebookyoutube instagram
19th April 2024

ގެސްޓްހައުސް ތަރައްގީ ކުރުމަށް ހަނިމާދޫއިން ބިމެއް ދޫކުރަނީ

Feb 12, 2017

ފަތުރުވެރިކަމުގެ ބޭނުމަށް ހދ ހަނިމާދޫ ކައުންސިލުން ގެސްޓްހައުސް ތަރައްގީ ކުރުމަށް 72،000 އަކަފޫޓްގެ ބިމެއް ކުއްޔަށް ދޫކުުރުމަށް ނިންމައިފި އެވެ.

އެކައުންސިލުން މިދިޔަ ބުދަ ދުވަހު ގެޒެޓްގައި އާންމުކޮށްފައިވަ އިއުލާނެއްގައި ބުނެފައިވަނީ މި ބިމުގައި އަމިއްލަ ހަރަދުގައި ޓޫރިސްޓް ގެސްޓް ހައުސް އާއި ޓުއަރިޒަމާއި ގުޅުންހުރި ވިޔަފާރިއާއި އަދި އެކަމާ ގުޅުންހުރި އެހެނިހެން ވަސީލަތްތައް ތަރައްގީކޮށް އަދި އެތަން އޮޕަރޭޓްކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން މައުލޫމާތު ސާފުކޮށް ބިޑް ޑޮކިއުމަންޓްގައި ބަޔާންކޮށްފައިވާ ގޮތަށް ބިޑް ތައްޔާރުކޮށް ހުށަހެޅުމަށެވެ.

އެގޮތުން ބިޑް ޑޮކިއުމަންޓް ގަތުމަށް 20 ފެބްރުއަރީ 2017 ވާ ހޯމަ ދުވަހު 11:00 ގައި ހދ.ހަނިމާދޫ ކައުންސިލް އިދާރާގައި އޮންނަ “ޕްރީ ބިޑް މީޓިންގ” އަށް ހާޒިރުވުމުން އެތަނުން ގަންނަ ލިބޭނެ ކަމަށާއި ބިޑް ޑޮކިއުމެންޓެއްގެ އަގަގީ 5000/- ރުފިޔާ ކަމަށެވެ.

މީގެ އިތުރުން ޕްރީ ބިޑް މީޓިން އަށް ހާޒިރުވަނީ ބިޑް ހުށަހަޅަން ބޭނުންވާ ފަރާތް ނޫން ފަރާތެއްނަމަ ބިޑް ޑޮކިއުމަންޓް ގަތުމަށާއި ޕްރީ ބިޑް މީޓިންގ ގައި ބައިވެރިވުމަށް ބިޑް ހުށަހަޅާފަރާތުން ދީފައިވާ ޕަވަރ އޮފް އެޓާރނީ އެއް އޮންނަންވާނެ ކަމަށާއި މިފަދަ ޑޮކިއުމަންޓެއް ނެތި ހާޒިރުވާފަރާތްތައް ޕްރީ ބިޑް މީޓިން ގައި ބައިވެރިއެއް ނުކުރެވޭނެ ކަމަށްވެސް އިއުލާނުގައި ވެއެވެ.

އިއުލާނުގައި ބުނެފައިވަނީ ޕްރީ ބިޑް މީޓިންގ އަށް ހާޒިރުވަނީ ކުންފުންޏެއް ނުވަތަ ޕާޓްނަރޝިޕެއް ނުވަތަ މިނޫންވެސް މަސްނޫއީ ޝަހްްސަކުން ކަމުގައިވާނަމަ ރެޖިސްޓްރޭޝަން ސެޓްފިކްޓް ގެ އިތުރަށް ހާޒިރުވާ ފަރާތް އައްޔަނުކޮށްފައިވާ ޤަރާރެއް ނެތި ޕްރީ ބިޑްގައި ބައިވެރި ނުވެވޭނެ ކަމަށެވެ.

ހަނިމާދޫއަކީ މިހާރުވެސް ސިޓީ ހޮޓަލެއްގެ  އިތުރުން ގެސްޓް ހައުސްގެ ވިޔަފާރިކުރަމުން އަންނަ އުއްމީދީ ރަށެކެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355