twitterviber whatsapp telegramfacebookyoutube instagram
19th April 2025

އަކްޝޭގެ އަންހެން ދަރިފުޅަށް ވެސް މާރޝަލް އާޓްސް ދަސްކޮށްދެނީ

Feb 16, 2017

ބޮލީވުޑްގެ މަޝްހޫރު އެކްޓަރ އަކްޝޭ ކުމާރް އަކީ ގިނަ އެކްޝަން ފިލްމް ތަކެއްގައި މަސައްކަތް ކޮށްފައިވާ އެކްޓަރެކެވެ.

މާރޝަލް އާޓްސް އަށް މޮޅު އަކްޝޭގެ ފިރިހެން ދަރިފުޅު އާރަވް ކުމާރ ވެސް ވަނީ މާރޝަލް އާޓްސްގެ ޓައެކްވަންޑޯ އިން ބުލެކް ބެލްޓްގެ ފުރަތަމަ ޑިގްރީ ހާސިލްކޮށްފައި އެވެ.

އިއްޔެ އަކީ އެހެން ދީން ތަކުގައި ލޯބިވެންގެ ދުވަސް ފާހަގަ ކުރަމުންދާ ދުވަސްކަމުން އަކްޝޭ ލޯބިވެރިންގެ ދުވަހު މީހުންނަށް ހިއްސާކޮއްލި މެސެޖް ވަރަށް ތަފާތެވެ.

އަކްޝޭ ވަނީ އިންސްޓަގުރާމްގައި އޭނާގެ 4 އަހަރުގެ އަންހެން ދަރިފުޅު ނިޓާރާ މާރސަލް އާޓް ދަސްކޮށްދެނިކޮށް ނަގާފައިވާ ވީޑިއޯ އެއް ޝެއާރ ކޮށްފައި އެވެ. އަދި އޭގައި ލިޔެފަ ވަނީ މި ލޯބިވެރިންގެ ދުވަހު ފިރިހެނުންގެ ކިބައިން ސަލާމަތްވެ ތިބުމަށާއި މާރޝަލް އާޓްސްގެ ބޭނުން ޖެހޭނީ ކޮށްދުވަހަކުން ކަމެއް ނޭގެތީ ކުޑައިރު ދަސްކުރުމުން އޭނގެ ފައިދާވާނެ ކަމަށެވެ.

This Valentine's Day don't let a guy take u for granted.Learn martial arts, u never know when it comes handy & starting early always helps 😜 pic.twitter.com/kcDWkAjoSk

— Akshay Kumar (@akshaykumar) February 14, 2017

އަކްޝޭ ވަނީ މާރޝަލް އާޓްސްގެ ޓައެކްވަންޑޯ އިން ބުލެކް ބެލްޓް އިންޑިއާގައި ހާސިލްކުރުމަށްފަހު ބެންކޮކްގައިވެސް ވަނީ މާރޝަލް އާޓްސްގެ މުއާ ތައި އަށް ކިޔެވާފައި އެވެ. އަކްޝޭ އެކޭ އެއްގޮތަށް އޭނަ ބޭނުންވަނީ ދަރިންވެސް މާރޝަލް އާރޓްސް ދަސްކޮށްދިނުމަށް ކަމަށް އިންޑިއާގެ ހަބަރުތަކުން މައުލޫމާތު ލިބެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355