ކުޅުދުއްފުށީ ސަރަހައްދުގައި ފާނަބަސަންދު ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު މިދުވަސްވަރު އިތުރުވެފައިވާތީ އެކަމަށް ސަމާލުވުމަށް ޕަބުލިކް ހެލްތުން ވަނީ އިލްތިމާސްކޮށްފަ އެވެ. މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ބަލާލައިރު ފާނަބަސަންދު ޖެހިގެން 77 މީހަކު ވަނީ ކުޅުދުއްފުށީ ހޮސްޕިޓަލަށް ދައްކާފަ އެވެ.
ފާނަ ބަސަނދަކީ ކޮބާ؟
ފާނަ ބަސަނދަކީ ވައިރަސް (ވެރެސިއްލާ) އެގެސަބަބުން ޖެހޭ ބައްޔެއް. މިބަލި ކޮންމެ އުމުރެގެ މީހަކަށްވެސް ޖެހިދާނެ.
މިބަލީގެ އަލާމާތްތަކަކީ ކޮބާ؟
މިބަލީގެ އެއްމެ ހާއްސައަލާމާތަކީ މުޅި ހަށިގަނޑުގައި ނަގާ ރަތް ކުލައިގެ ބިހިތަކާއި ފޮޅުތައް، އާންމުގޮތެއްގައި މި ބިހިތަކުގެ ކުރިން ކޮންމެވެސްވަރަކަށް ހުންއައުދޭ. އަދި އެހެނިހެން އަލާމާތްތަކުގެ ތެރޭގައި ބޮލުގައި ރިއްސުމާއި ހުޅުތަކާއި ގައިގަ ރިއްސުމާއި ހޮޑުލެވުމުގެ އިތުރުން އެކިމީހުނަށް ތަފާތު އިތުރު އުދަގޫތައްވުމަކީ އެކަށީގެންވާކަމެއް.
ފާނަ ބަސަނދަކީ ކިހާ ނުރައްކާތެރި ބައްޔެއް؟
މިހާތަނަށް ފާހަގަކުރެވިފައިވާގޮތުގައި ފާނަ ބަސަނދަކީ ނުރައްކާތެރި ބައްޔެއްނޫ، ނަމަވެސް މާބަނޑުމީހުންނާއި ދިގުމުއްދަތަށް ފަރުވާކުރަންޖެހޭ އެކި ބަލިތަކަށް ފަރުވާކުރާ ފަރާތްތަކުގެ ވަރަށްމަދު ހާލަތެއްގައި އެތެރެ ހަށީގެ ގުނަވަންތަކަށް(ފުއްޕާމޭ، ސިކުނޑި، ކިޑްނީ، ފުރަމޭ) ޖަރާސީމުގެ އަސަރުކުރާ ހާލަތުގައި ބަލިމިހާގެ ހާލަތު ގޯސްވެދާނެ.
ފާނަ ބަސަނދުން ރައްކާތެރިވުމަށް ކުރެވޭނީ ކޮންކަމެއް؟
ހަށިގަޑުގެ ދިފާއީ ނިޒާމު ވަރުގަދަކުރުމުގެ ގޮތުން ތަރުކާރީ، ފަތްޕިލާވެލި، މޭވާގެ އިތުރުން ހުރިހާ ބާވަތެއްގެ ހިމެނޭ ހަމަހަމަ ކާނާ ބޭނުންކުރުމާއި ގިނައިން ފެން ބޭނުންކުރުމާއި ގަވާއިދުން ކަސްރަތުކުރުން
އަދި ބޭނުމަކާ ލައިގެން ނޫންގޮތަކަށް ހޮސްޕިޓާފަދަ މިފަދަ ބަލިމީހުން އާންމުކޮން ގޮސްއުޅޭފަދަ ތަންތަނަށް ނުދިއުން.
އަވަސް އަވަހަށް ސައިބޯނިލައިގެ އަތްދޮވުމާއި ކެއްސާކިބިހި އަޅާއިރު ނޭފަތާއި އަގަމަތި ޓީޝޫފަދަ އެއްޗަކުން ނިވާކުރުން ހިމެނޭ
ފާނަ ބަސަނދު ފެތުރެނީ ކިހިނެއް؟
ކެއްސާ ކިބިހިއަޅާ އިރު ނޭވާލާ ނިޒާމުގެ ތެރެއިންނާއި ބަލިމީހާގެ ގައިގަ ނާގާފައިވާ ފޮޅުތަކުގައި ހުންނަ ދިޔަވަރުގެ އަސަރު ބަލި ނޫންމީހެއްގެ ހަށިގަޑަށް ވާސިލުވެގެން
ފާނަ ބަސަނދުގައި ހޭދަވަނީ ކިހާ މުށްދަތެ؟
ބަލީގެ ޖަރާސީމު ހަށިގަޑަށްވަނުމަފަހު އަލާމާތްތައް ފެނުމަށް ގައިގަޑަކަށް 14 ދުވަސް ވަރުނަގާ އަދި ޖަރާސީމުގެ އަސަރު ގައިން އެއްކޮން ކެޑުމަށް 21 ދުވަސް ހޭދަވޭ.
ފާނަ ބަސަނދުގެ ފަރުވާއަކީ ކޮބާ؟
ފާނަ ބަސަނދަކީ ވަކި ހާއްސަފަރުވާއެއް ނުދިނަސް އަމިއްލަޔަށް ރަގަޅުވާ ބައްޔެއް، އަދި ބަލިވުމުގެ ކުރިން ރައްކާތެރިވުމުގެ ގޮތުން ދޭވެކްސިންއެއް ލިބެންހުރޭ. ހަމައެއާއެކު ޑަކްޓަރުގެ ލަފާގެ ދަށުން އަވަހަށް މިބަލީގެ އުދަގޫތައް ކުޑަކުރުމަށްދޭ ފަރުވާތައް ހުރޭ. އަދި ދިވެހި ނުވަތަ ހަކީމީ ފަރުވާގެ ގޮތުގައި ބޭނުންކުރާ ހިތިފަތް ފަދަ ތަކެތިން ބޭނުންކުރުމުވެސް އަވަސް ޝިފާލިބޭކަން ފާހަގަކުރެވެއެވެ. ފަރުވާގައި ސަމާލުކަންދޭންވީ މުހިންމުކަމަކީ ހަނގަޑުގައި ނަގާފައިވާ ފޮޅުތަކަށް ފިނިކަންލިބޭ ފަރުވާއެއްދިނުމާއި 3 ހަފުތާ (21 ދުވަސް) ވަންދެން ފަރުވާ ކުރިއަށް ގެދިއުމަށް އެހެމީހުނާއި އެކަހެރި ވެލުމެވެ.
ފާނަ ބަސަނދުގެ ހާއްސަ މަޢުލޫމާތު.
ފާނަ ބަސަނދަކީ އާމުގޮތެއްގައި އުމުރުން އެއްފަހަރުޖެހޭ ބައްޔެއް، ނަމަވެސް ބަލީގެ އުދަގޫތައް ކުޑަކުރުމަށް ދެވޭ ފަރުވާގެ ސަބަބުން ދެވަނަފަހަރަށް ބަލިޖެހުމުގެ ފުރުސަތު އޮވެދާނެ އަދި ދިފާއީ ނިޒާމަށް އަސަރުކުރާ އެހެނިހެން ބަލިތައް ޖެހިފައިވާ ފަރާތްތަކަން ބަލީގެ ނުރައްކާތެރިކަން އިރުރުވުމުގެ ފުރުސަތުއޮވޭ، ބައެއްމީހުގެ ހަށިގަޑަށް ވައިރަސްވަތްނަމަވެސް ބަލީގެ އެއްވެސް އަލާމާތެއް ނުފެނި ރަގަޅުވާކަންވެސް ފާހަގަކުރެވެއެވެ.
އެޑިޓޯރިއަލް: މި އާޓިކަލް ލިޔެފައިވަނީ ކުޅުދުއްފުށީ ޕަބުލިކް ހެލްތު އޮފިޝަރު މުހައްމަދު އަބުދުލްރަހްމާނެވެ.