twitterviber whatsapp telegramfacebookyoutube instagram
20th April 2024

މަރުވެފައި އޮތްކަމަށް ބެލި ކުއްޖާ ޖަނާޒާގެ ތެރެއިން ހޭއަރައިފި

Feb 21, 2017

ކަރްނަޓަކާ އަށް އުފަން 17 އަހަރުގެ ކުމާރް މަރެވަޑްގެ އާއިލާ މެންބަރުން އޭނާ މަރުވެފައި އޮތްކަމަށް ބަލާ ޖަނާޒާގެ ކަންތައް ކުރިއަށް ދަނިކޮށް ޖަނާޒާގެ ތެރެއިން ތެދުވެއްޖެ އެވެ.

މިދިޔަ މަހުގެ ތެރޭގައި ކުމާރްގެ ގައިގާ ކުއްތާއެއް ދަތްއެޅުމުގެ ސަބަބުން ވަނީ ހުންއައިސް ނޭވާ ލުމަށް އުދަނގޫ ވެފައި އެވެ. އަދި މިދިޔަ ހަަފުތާގެ ތެރޭގައި ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ހޯދުމަށް މަސައްކަތް ކޮށްފައި އެވެ. އެގޮތުން ވެންޓިލޭޓާގައި ފަރުވާ ކުރުމަށް މަސައްކަތް ކުރުމަށްފަހުވެސް އޭނާގެ ހާލު އިތުރަށް ގޯސްވާތީ  އިތުރު ފަރުވާ ކުރަންވީތޯ އާއިލާގެ މެންބަރުން ގާތު އެހުމުން ވަނީ ކުމާރް ގެއަން ގެންދަން ބޭނުންވާ ކަމަށް ބުނެފައި އެވެ. އެއީ ފަގީރު އާއިލާ އަކަށް ވެފާއި ހޮސްޕިޓަލުގެ ހަރަދުތައް ނުބެލެ ހެއްޓޭނެތީ އެވެ.

ގެއަށް ގެންދިއުމަށް ފަހު ގިނަ އިރުތަކެއް ނުވޭ އޭނާގެ ވިންދު ހުއްޓިފާ ހުރިކަން އާއިލާއަށް ފާހަގަވުމުން އަވަށުގެ މީހުންގެ ގާތު ޖަނާޒާގެ ކަންތައް ހަމަޖެއްސުމަށް އެދުނެވެ. ސަންދޯކަށް ލައިގެން ވަޅުލުމަށް ގެންދަންދަނިކޮށް އަވަށުން 2 ކިލޯމީޓަރާ ހަމައަށް ދެވެނިކޮށް ކުމާރްގެ ލޯ ހުޅުވުމަށްފަހު އަތާއި ތަންތަށް ތަޅުވަން ފެށުމުން  ވަގުތުން އެހިސާބު ހޮސްޕިޓަލަށް ގެންދެވިފައި ކަމަށް އިންޑިއާގެ ހަބަރުތަކުން މައުލޫމާތު ލިބެއެވެ.

ކުމާރްގެ މަންމަ އާއި ބައްޕަގެ އިތުރުން އޭނާގެ ބޭބެއެއް ހުންނަ ކަމަށާއި ބޭބެ އަކީ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެއް ކަމުން ގޭގެ ހަރަދުތައް ހަމަޖެއްސުމަށް ކުމާރް ވަނީ ކިޔެވުން ހުއްޓާލުމަށް ފަހު ކޮންސްޓަކްޝަންގެ މަސައްކަތް ކުރާ ތަނެއްގައި މަސައްކަތް ކުރުމަށް ކަަމަށް އިންޑިއާގެ ހަބަރުތަކުން މައުލޫމާތު ދެއެެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355