ކޮކާކޯލާގެ 27 ނަސީބުވެރިން ބެންކޮކަށް ފުރައިފި

ނަސްވާ ޙަސަން - 10 months ago - 23 ފެބްރުއަރީ 2017



ކޮކާކޯލާއިން “ޓޭސްޓް ދަ ފީލިން” ގެ ނަމުގައި ކުރިއަށް ގެންދިޔަ ޕްރޮމޯޝަންގެ ނަސީބުވެރި 27 ބައިވެރިން ބެންކޮކަށް މިއަދު ފުރައިފި އެވެ.

ކޮކާކޯލާގެ ނަސީބުވެރިން ފުރުމަށް އެ ކުންފުނިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ވަނީ ރަސްމިއްޔާތެއް ބާއްވާފަ އެވެ.

މި ޕްރޮމޯޝަންގައި ބެންކޮކް ދަތުރު ލިބުނު 27 ބޭފުޅަކާއި އެކުު އިތުރު ބޭފުޅެއް ގޮވައިގެން ދިއުމުގެ ފުރުސަތު ދީފައިވާއިރު މުޅި ޖުމްލަ54 ނަސީބުވެރިން މި ދަތުރުގައި ފުރާފައި ވެއެވެ.

ކޮކާކޯލާ ފުޅީގެ މަތިގަނޑުގެ ދަށުގައިވާ ނަންބަރު އެސްއެމްއެސް ކުރާ މީހުންގެ މެދުގައި ގުރުއަތެއް ނަގައިގެން ނަސީބުވެރިން ހޮވާ ގޮތަށް ކުރިއަށް ގެންދިޔަ މި ޕްރޮމޯޝަންގައި ބައިވެރިވާ މީހުނަށް ދެކޮޅު ޓިކެޓުގެ އިތުރުން ހުރުމާއި ކެއުން އަދި ބެކޮކުގެ ބައެއް ތަންތަން ބަލައިލުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ.

ޓޭސްޓް ދަ ފީލިންގެ ނަމުގައި ކޮކާކޯލާއިން ކުރިއަށް ގެންދިޔަ މި ޕްރޮމޯޝަންގައި 27 މީހަކަށް ހިލޭ ބެންކޮކު ދަތުރު ލިބުމުގެ އިތުރުން 18 މީހަކަށް އެއް އަހަރު ދުވަހުގެ މުއްދަތަށް ހިލޭ ކޯކު ވަނީ ދީފައިއެވެ.


ގުޅުން ހުރި ލިޔުންތައް