ޑައިޓް ކުރުމަކީ އެންމެން ކޮށްއުޅޭ ކަމެކެވެ. އެކަމަކު ފައިދާ ހުރި އެއްޗެހި ތައްޔާރު ކުރުމަށް ބޭނުންވާ ވަރަށް ވަގުތު ނުލިބުމުގެ ސަބަބުން ގިނަ ބަޔަކަށް ޑައިޓް ކުރުމަށް ވަނީ އުދަނގޫ ތަކަކާއި ކުރިމަތިލާން ޖެހިފައިއެވެ.
އެހެންކަމުން ކާއެއްޗެހި ހަދަން ވަގުތު ނުވާނަމަ މި އެއްޗެހި ކެއުމުގެ ތެރޭގައި ހިމަނާށެވެ.
ބަނަސް
ހެނދުނުގެ ނާސްތާގައި ފާން ކެއުމުގެ ބަދަލުގައި ފާރޮށި ނުވަތަ ބުރައުން ބުރެޑް ބޭނުންކުރާށެވެ. އަދި ދުވަހުން ދުވަހަށް ކެއުމުގެ މިންވަރު މަދުކޮށްލާށެވެ.
ޖޫސް
ފެކެޓް ކޮށްފައި ހުންނަ ތައްޔާރީ ޖޫހުގެ އިތުރުން އެނާޖީ ޑްރިންކްސް ބޭނުންކުރުން ހުއްޓާލާށެވެ. އަދި ގުދުރަތީ މޭވާ އެއް ބޭނުންކޮށްގެން ޖޫސް ގިރާލާށެވެ. މިއަކީ އެހާ ގިނަ ވަގުތުދާނެ ކަމެއް ނޫންކަން ކަށަވަރެވެ.
ޑާކް ޗޮކްލެޓް
ޑައިޓް ކުރާއިރު ޗޮކްލެޓް ކެއުން ހުއްޓާލާކަން ނުޖެހެއެވެ. އެކަމަކު ޗޮކްލެޓްގެ ތެރެއިން ވެސް ޑާކް ޗޮކްލެޓް ނުވަތަ މަދު އެކުލެވޭ ޗޮކްލެޓެއްގެ އެތިކޮޅެއް ޑައިޓްގައި ހިމަނާލާށެވެ. ޑާކް ޗޮކްލެޓަކީ ވަރަށް ހިތި އެއްޗެއް ކަމުން، ކަމުދާ ފިލްމެއް ފަދަ އެއްޗެއް ބަލަން އިންނައިރު ކާލާށެވެ. އޭރުން ލާރަހަ އަށް ސަމާލުކަން ނުދީ ކާލެވޭނެ އެވެ.
ތެޔޮ
ކާއެއްޗެހި ތައްޔާރު ކުރާއިރު ތެޔޮ ބޭނުންނުކޮށް ތައްޔާރުކޮއްލާނެ އެއްޗެއް މަދެވެ. އެހެން ކަމުން ކެއުމުގައި ބޭނުންކުރާ ތެޔޮ އޮލިވް އޮއިލް ފަދަ ހަށިގަނޑަށް ފައިދާ ވާނެ ކަހަލަ ތެލެއް ބޭނުން ކުރާށެވެ. މީގެ ސަބަބުން ހަށިގަނޑުގެ ލުއިކަން އިހުސާސް ކުރެވި އެދެވޭ ނަތީޖާއެއް ހަށިގަނޑުން ފެނިގެންދާނެ އެވެ.
ކެއުމަށް ބަދަލު ގެންނަ ފަދައި ކަސްރަތު ކުރުންވެސް ހަމަ އެހާމުހިއްމެވެ. ވަގުތު ލިބޭ ވަގުތެއް ބަލާ 30 މިނެޓް ހިގާލަން ނުވަތަ ކަސްރަތު ކުލާހަކަށް ވަންނާށެވެ. އެންމެ ފަސޭހައިން ކަަސްރަތު ކުރަން ފެށޭނެ ގޮތަކީ އެއީއެވެ.