ކުރުނބަލަކީ ދިވެހިން އެކި ކަންކަމުގައި ބޭނުން ކުރަމުން އަންނަ އެއްޗެކެވެ. ފަސޭހައިން ލިބެން ހުންނަށް ހަށިގަނޑަށް އެއިން ގިނަ ފައިދާ ލިބޭ މޭވާ އެކެވެ.
އެގޮތުން ހަންގަނޑު ރީތި ކުުރުމަށްވެސް ކުރުނބާ ފެން ބޭނުން ކުރެވިދާނެ އެވެ. އެގޮތުން ހަންގަނޑު ސާފު ކުރުމަށާއި ހަންގަނޑުގައި ހުންނަށް ލައްތައް ނުވަތަ ކަޅުވެފައި ހުންނަށް ތަންތަން ސާފު ކުރުމަށް ކުރުނބާފެން ހަންގަނޑުގައި ހޭކިދާނެ އެވެ. މީގެ އިތުުރުން ހަންގަނޑުގައި ރޫޖެހުމާއި ތެޔޮވުމުން ދުރުކޮށްދިނުމަށްވެސް ކުރުނބާ ފެނަކީ ރަނގަޅު އެއްޗެކެވެ.
ހަންގަނޑު ރީތިކޮށްދިނުމުގެ އިތުރުންވެސް ކިޑްނީގައި ހިލައުފެދުން ދުރުކޮށްދިނުމަށްވެސް ކުރުނބާ ފެނަކީ މޮޅު ބޭހެކެވެ. އެގޮތުން ފެން ބުއިމުން ހިލަ އުފެދުން ދުުރުކޮށްދީ ކިޑްނީ އިތުރަށް ދުޅަހެޔޮކޮށްދެ އެވެ.
ލޭމައްދާ މީހުންނަށްވެސް މިއީ ފައިދާ ހުރި އެއްޗެކެޗެ. ކުރުނބާ ފެނުގައި ގިނަ އަދަދަކަށް ވިޓަމިން ސީ، ޕޮޓެންޝިއަމް އަދި މެގްނީޝިއަމް ހިމެނެ އެވެ. އެގޮތުން ޕޮޓެންޝިއަމް ގެ ސަބަބުން ލޭމައްޗަށްދާ މިންވަރު އަދި ހާސްވާ މިންވަރު ދަށްކޮށްދެއެވެ. އެހެން ކަމުން ކޮންމެ ދުވަހަކު ޖޯޑެއްގެ ކުރުނބާ ފެން ބޭނުން ކުރުމަކީ މުހިއްމު ކަމެކެވެ.