twitterviber whatsapp telegramfacebookyoutube instagram
12th September 2026

31 އަހަރުގަ، 14 އަހަރުގެ ކުއްޖެއްގެ ރޯލަކުން ސާޔާނީ ފެނިގެންދަނީ

Mar 5, 2017

31 އަހަރުގެ ސާޔާނީ ގުޕްތާ ދެން ފެނިގެންދާނީ 14 އަހަރުގެ ކުޑަ ކުއްޖެއްގެ ރޯލަކުންކަމަށް އިންޑިޔާގެ ހަބަރުތަކުން މައުލޫމާތު ލިބެއެވެ.

ބޮޑު މީހެއް ކުޑަކުއްޖެއްގެ ރޯލަކުން ފެނިގެން ދިއުމަކީ ބޮލީވުޑްގެ ފިލްމު ތަކުގައި އާންމު ކަމެއް ނޫނެވެ. އެހެން ނަމަވެސް އަނުރާގް ބާސޫގެ ފިލްމް ޖައްގާ ޖާސޫސްއިން ރަންބީރް ކަޕޫރްގެ ރައްޓެއްގެ ގޮތުގައި ފެނިގެންދާ ކުޑަކުއްޖަކީ 31 އަހަރުގެ ސާޔާނީ އެވެ.

އިންޑިއާގެ ނޫހަކަށް މައުލޫމާތު ދެމުން ސާޔާނީ ބުނެފައި ވަނީ ސާޔާނީގެ ބައްޕަ(އަނުރާގް ބާސޫ) އޭނާ މި ފިލްމުގައި ކުޑަކުއްޖެއްގެ ރޯލުން ފެނިގެން ދިއުމަކީ ބައްޕަގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ. ބައްޕަގެ މި އެދުމަށް ސާޔާނީ ވަރަށް ތައުރީފު ކުރާ ކަމަށެވެ. އަދި މިރޯލުން މީހުންނަށް ފެނުމުން ކުޑަކުއްޖެއް ނޫންކަމަށް ބައެއް މީހުންނަށް ގަބޫލުވެސް ނުކުރެވޭ ކަމަށް އޭނާ ވަނީ ބުނެފައި އެވެ.

މީއެ އިތުރުން ސާޔާނީ ވަނީ މި ރޯލަށް ފިޓް ވުމަށް އޭނަގެ ރީތި ދިގު އިސްތަށިގަނޑުވެސް ކޮށާލާފައި އެވެ. އަދި ކުރު އިސްތަށިގަނޑު މާކަމުދާ ކަމަށްވެސް ސާނީޔާ ވަނީ ބުނެފައި އެވެ.

މި ފިލްމް ރިލީޒްވުމަށް ހަމަޖެހިފައި ވަނީ އެޕްރީލް 7 ވަނަ ދުވަހު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293