twitterviber whatsapp telegramfacebookyoutube instagram
27th April 2024

މުރަގަފަތުން ގިނަ ބަލިތަކެއްގެ ފަރުވާ

Mar 11, 2017

މުރަގަ ގަހަކީ ބޭރުގެ ގައުމުތަކުގައި “މިރަކަލް ޓްރީ” ގެ ނަމުން މަޝްހޫރުވެފައިވާ ގަހެކެވެ. އެއީ އެ ގަހަކީ 300 ބައްޔަކަށް ފަރުވާ ކޮށްދޭ ޖާދޫގެ ގަހަކަށް ވާތީއެވެ.

މުރަގަފަތުގައި ހަށިގަނޑަށް ފައިދާހުރި ގިނަ މާއްދާތަކެއް އެކުލެވެއެވެ. އޭގެތެރެއިން ފްރޮޓީން، ފެޓް، ވިޓަމިން ސީ، ކަރޯޓެނޮއިޑް، ޕޮޓެންޝިއަމް އަދި އަޔަން ހިމެނެއެވެ. މި ގަހުގެ މުލާއި، މާ، ގަހުގެ ތޮށި އަދި ފަތަކީ އެކި ކަހަލަ ރީތިވާ ސާމާނާއި ސެންޓް އަދި ގައިގަލާ ތެޔޮ ހެދުމަށް ބޭނުންކުރާ އެއްޗެކެވެ.

މުރަގަފަތުގައި ހީނުކުރާ ވަރަށް ވިޓަމިންސް އާއި މިނަރަލްސް އެކުލެވިފައި ވެއެވެ. އެގޮތުން 100 ގުރާމްގެ ހިކި މުރަގަފަތުގައި ކެރޮޓް އަށްވުރެ 1010 ޕަސެންޓް ގިނައިން ވިޓަމިން އޭ ހިމެނޭ، ޔޯގަޓް އަށްވުރެ 9 ޕަސެންޓް ގިނައިން ޕްރޮޓީން ހިމެނޭ، ކިރަށް ވުރެ 17 ޕަސެންޓް ގިނައިން ކެލްސިއަމް ހިމެނޭ، ދޮންކެޔޮ އަށްވުރެ 15 ޕަސެންޓް ގިނައިން ޕޮޓޭސިއަމް ހިމެނޭ އަދި އޮރެންޖް އަށްވުރެ 112 ޕަސެންޓް ގިނައިން ވިޓަމިން ސީ ހިމެނެއެވެ

މުރަގަފަތުގައި އުފެދޭ އެންޓިބޮޑީސްގެ ސަބަބުން ހަށިގަނޑުގައި އުފެދޭ ގިނަ ކެލިކަލްތައް ނައްތާލުމަށް އެހީވެދިނުމުގެ އިތުރުން ގޭސްޓަރިކްގެ މައްސަލަތަކަށް މިއީ އެއްވަނައިގެ އެއްޗެކެވެ.

މީގެ އިތުރުން މުރަގަފަތުގައި ގިނަ އަދަދަކަށް ފައިބާ އެކުލެވިގެންވާތީ، ހަށިގަނޑަށް ބޭނުންވާ ކަހަލަ ރަނގަޅު ޑައިޓް އެއް ނުގެންގުޅޭ ފަރާތްތަކުގެ ގޮހޮރުގައި އުފެދިފައި ހުންނަ ތެޔޮ މާއްދާތައް ނައްތާލާ ގޮހޮރު ސާފުކޮށް ދިނުމަށްވެސް އެހީވެދެއެވެ.

މުރަގަފަތުގައި ހިމެނޭ ނިއަޒިމިންގެ ސަބަބުން ޓިއުމަރެއް އުފެދުމުން ދުރުކޮށް، ކެންސަރު ޖެހުމުންވެސް ދުރުކޮށްދެއެވެ. ތައިރޮޑްގެ މައްސަލަ ހުންނަ ފަރާތްތަކަށްވެސް މިއީ އެންމެ ފަސޭހައިން އެކަމަށް ހޯދޭނެ ފަރުވާއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355