twitterviber whatsapp telegramfacebookyoutube instagram
24th April 2024

ކަރީނާ ހިކުމަށް ކުރާ މަސައްކަތް ވަރަށް ކާމިޔާބު

Mar 26, 2017

ބޮލީވުޑްގެ ބޭބޯގެ ނަމުން މަޝްހޫރު ކަރީނާ ކަޕޫރް ވިހެއުމަށްފަހު ވަނީ ހިކުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާފައި އެވެ. އަދި އެކަމުގެ ނަތީޖާވެސް ފެންނަށް ފަށާފިއެވެ.

36 އަހަރުގެ ކަރީނާ އަލަތު ދަރިފުޅު ވިހާފައި ވަނީ ޑިސެންބަރ 20 ވަނަ ދުވަހުގައި އެވެ. އަދި ބަނޑު ބޮޑު ވުމަށްފަހު އޭނާ ވަނީ 18 ކިލޯ ބަރުވެފައި ކަމަށް އިންޑިޔާގެ ނޫހެއް ކަމަށްވާ ޒޫމްޓީވީ އިން މައުލޫމާތު ލިބެއެވެ.

އެގޮތުން ވިހެއުމަށްފަހު 40 ދުވަސްފަހުން ކަރީނާ ލުއި ކަސްރަތު ތަކެއް ކުރަން ފަށާފައިވާއިރު އެންމެ ފުރަތަމަ ފެށީ ޔޯގާ ކުރަން ކަމަށް ވެއެެވެ. އަދި މީގެ 2 ހަފްތާކުރިން ކަރީނާ ވަނީ ކުރިއެކޭ އެއްގޮތަށް ކަސްތަރުކުރަން ފަށާފައި ކަމަށާއި އަދި ީ ހަށިގަނޑުގެ ފްލެކްސިބަލް ކަން އިތުރުކުރުމަށް ކުރާ ކަސްރަތެއް ކަމަށްވާ ޕިލޭޓްސްގެ ކަސްރަތުތަކެއް ވެސް ވަނީ އެބަޔަށް އިތުކޮށްފައި ކަމަށް ޒޫމްޓީވީ އިން މައުލޫމާތު ލިބެއެވެ.

ކަސްރަތު ކުރުމުގެ އިތުރުން ކަރީނާ ކެއުމަށްވެސް ބަދަލުތަކެއް ގެނެސްފައިވާއިރު މިހާރު ދަނީ ކެއުމުގައި ބެލެންސް ޑައިޓަކާއި އެއްގޮތަށް ކަމުން ކަމަށެވެ. އަދި ތަރުކާރީގެ ބާވަތްތައް ގިނަކުރުމުގެ އިތުރުން ބަޖްރާ ރޮށި އާއި އެކު ގީ އަދި ޖެގެއްރީ ކާ ކަމަށް ވެއެވެ.

މީގެ އިތުރުން ކަރީނާގެ ނަމޫނާއަކަށް ބަލައިގެން ޑައިޓް ޕްލޭންތައް ނަގަނީ ރުޖުތާ ދިވޭކަރގެ ޑައިޓް ޕްލޭނުން ކަމަށްވެސް ވެއެވެ.

އަދި ހިކުމަށް މަސައްކަތް ކުރަން ފެށިފަހުން މިވީ ދެމަހެއްގެ ތެރޭގައި ކަރީނާ ވަނީ 12 ކިލޯ ލުއިކޮށްލާފައި ކަމަށް މައުލޫމާތު ލިބެއެވެ.

މިގޮތުން ކަރީނާގެ މަގްސަދަށް ވެފައި ވަނީ މެއި މަހު ކުޅުމަށް ހަމަޖެހިފައި ފިލްމް “ވީރޭ ދި ވެޑިން” ގެ ސޫޓިންއަށް ރީތި ބަށްޓަމަކަށް ހުރުމަށް ކަމަށްވެސް ހަބަރުތަކުން މައުލޫމާތު ލިބެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355