twitterviber whatsapp telegramfacebookyoutube instagram
13th April 2026

އަފީފުއްދީން ސްކޫލުގެ އާ އިމާރާތުގެ މަސައްކަތް ނިންމާ، ސްކޫލާ ހަވާލުކޮށްފި

Mar 29, 2017

އަފީފުއްދީން ސްކޫލުގެ ޖާގައިގެ މައްސަލަ ހައްލުކުރުމުގެ ގޮތުން އެސްކޫލުގެ އިމާރާތްކުރަން ފެށި ކުލާސް ރޫމް ބުލޮކްގެ މަސައްކަތް ނިންމާ، ހަވާލުކޮށްފި އެވެ.

3 ބުރިއަށް އިމާރާތްކޮށްފައިވާ 12 ކުލާސް ރޫމްގެ މި އިމާރާތް ސްކޫލާއި ހަވާލުކޮށްފައިވަނީ މިމަހު 22 ވަނަ ދުވަހު ކަމަށް އެޑިއުކޭޝަނުން މައުލޫމާތު ދެ އެވެ.

އަފީފުއްދީން ސްކޫލުގެ އިތުރުން ހއ ތުރާކުނު ސްކޫލާއި ހއ އުލިގަމް ސްކޫލަށް އަލަށް އިތުރު ކުރި 2 ކުލާސް ރޫމްގެ މަސައްކަތްވެސް ނިންމާ ސްކޫލާއި ވަނީ ހަވާލުކޮށްފަ އެވެ.

އަފީފުއްދީން ސްކޫލުގެ އާ އިމާރާތް ނިންމާ ސްކޫލާ ހަވާލުކުރި ނަމަވެސް އިމާރާތް ބޭނުންކުރަން ފެށޭނެ ތާރީހެއް ޔަގީނެއް ނުވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355