twitterviber whatsapp telegramfacebookyoutube instagram
8th September 2025

“ނަޗްބަލިއޭ 8” އެޕްރީލް ގައި ފަށަނީ

Mar 29, 2017

އިންޑިޔާގެ މަޝްހޫރު ފަންނާނުން ހިމަނަައިގެން ކުރިއަށް ގެންދާ ރިއަލިޓީ ޝޯއެއް ކަމަށްވާ ނަޗްބައިޔޭ 8 މިއަންނަ އެޕްރީލް މަހު 2 ގައި ފެށުމަށްވަނީ ހަމަޖެހިފައި އެވެ.

އިންޑިއާގެ ނޫސްތަކުން މައުލޫމާތު ދޭގޮތުގައި ނަޗްބަލިޔޭގެ ފުރަތަމަ އެޕިސޯޑް މިހާރު ވަނީ ސޫޓް ކޮށް ނިންމާފަ ކަމަށެވެ.

މިޝޯ ޖަޖް ކުރުމަށް ހަމަޖެހިފައި ވަނީ ބޮލީވުޑްގެ އެކްޓްރެސް ސޮނާކްސީ ސިންހާ، މޯހިތް ސޫރީ އަދި ނެށުމުގައި ފުންނާބު އުސް ޓެެރެންސް ލެވީ އެވެ.

10 ޖޯޑު ހިމެނޭ މިޝޯ އަކީ އިންޑިއާގެ ގިނަ ބައެއްގެ ތަރުހީބު ލިބޭ ޝޯއެއް ކަމަށް އިންޑިއާގެ ނޫސްތަކުން މައުލޫމާތު ލިބެއެވެ.

އަދި މިޝޯ ގައި މިފަހަރު ކޮމެޑީ ސްޓާރެއް ކަމަށްވާ ބާރްތީ އަދި އޭނާގެ ފިރިމީހާ ހާރޝް ހިމެނޭއިރު މާރާޓީ އެކްޓަރެއް ކަމަށް ސިދާތް ޖާދަވް އަދި އަންހެނުން ތުރުޕްޓީ ވެސް ހިމެނެއެވެ. ކުރީ އަހަރެކޭ އެއްފަދައިން މިއަހަރުވެސް ރީތި ނެށުން ތަކެއް މިޝޯގެ އިން ފެނިންގެން ދާނެ ކަމަށް ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355