twitterviber whatsapp telegramfacebookyoutube instagram
18th May 2024

ރެޑްބުލް ޑޫޑުލް އާޓް މުބާރާތް ފަށައިފި

Apr 15, 2017

މުޅި ދުނިޔެއަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ރެޑްބުލް ޑޫޑުލް އާޓް މުބާރާތް ރާއްޖޭގައި ފަށައިފި އެވެ.

މި މުބާރާތް ރާއްޖޭގައި ބޭއްވޭ މިއީ ދެވަނަ ފަހަރެވެ. މި މުބާރާތުގައި ހުށައަޅާ ކުރެހުންތަކަށް އެއްވެސް ގަވައިދެއް ހިމެނިފައި ނުވާއިރު މިއީ މިނިވަންކަމާއި އެކު ހިޔާލުފާޅު ކުރެވޭ މުބާރާތެއް ކަމަށް ރެޑްބުލް ކުންފުނިން މައުލޫމާތު ދެއެވެ.

ރެޑްބުލް ކުންފުނިން މައުލޫމާތު ދޭގޮތުގައި މިމަހުގެ 13 އިން 26 އާއި ހަމައަށް ޑޫޑުލް ކުރެހުންތަށް ހުށައެޅުމަށް ބޭނުންވާ ފަރާތަކަށް އެ ފުރުސަތު ވަނީ ހުޅުވައި ލެވިފައި ކަމަށެވެ. އަދި މި މުބާރާތަށް ކުރެހުން ހުށައެޅުމަށް ރެޑްބުލް ވެބްސައިޓް މެދުވެރިކޮށް ނުވަތަ މާލޭގެ ބައެއް ކެފޭ ތަކުގައި ބަހަށްޓާފައިވާ ފޮށިތަކަށް ވެސް ކުރެހުންތައް ލެވޭނެ އެވެ.

އެގޮތުން ކުރެހުން ހުށަހަޅުމަށް މާލޭގައި ފޮށިތައް ބެހެއްޓިފައި ހުންނާނީ ދަ ގޯޓްފިޝް ކެފޭ އެންޑް ބިސްޓްރޯ، ވައިލްޑް އެންޑް ވުޑް، ކެފެއާލާ، ދަ ސީ ހައުސް މޯލްޑިވްސް، ދަ ސީ ހައުސް ބްރެސްރީ، ބްރޭކްވޯޓާ، ނޯވެލް ގްރިލް އެންޑް ރެސްޓްރޯންޓް، ކެފޭ ލައިރޭ، ކަވާނާ އަދި ޖީ ސިކްސް އެވެ.

އޭގެ އިތުރުން މި މުބާރާތަށް ހުށައަޅާ ކުރެހުންތަކަށް ވޯޓު ލުމުގެ ފުރުސަތު 28 އެޕްރީލް އިން ފެށިގެން މެއި މަހުގެ 3 ވަނަ ދުވަހާ ހަމަޔަށް ރެޑް ބުލް ވެބްސައިޓް www.redbulldoodleart.com މެދުވެރިކޮށް ހުޅުވާލާނެ އެވެ. އަދި އެ ކުރެހުންތަކުގެ ތެރެއިން އެންމެ ގިނަ ވޯޓު ލިބޭ 20 ކުރެހުމެއް ހޮވާ އެ 20 ކުރެހުމުގެ ތެރެއިން އެންމެ ރީތި ތިން ކުރެހުމެއް ހޮވާނީ 3 ފަނޑިޔާރުންގެ ވޯޓުން މެއި މަހުގެ ފަސް ވަނަ ދުވަހު ގައުމީ މައުރަޒުގައި ކަމަށް އެ ކުންފުނިން މައުލުމާތުދެއެވެ.

ރެޑްބުލް ކުންފުނިން ބުނެފައިވާ ގޮތުގައި މި ފެސްޓިވަލް ގައި ގައުމީ ވަނަ ހޯދާ ފަރާތްތަކަށް ވާޗުއަލް ރިއާލިޓީ ތަޖުރިބާ ކޮށްލުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އަދި ވަނަ ތަކަށް ދާ ފަރާތްތަކަށް، ތްރީޑީ ކޮށް ކުރެހުން ތައްޔާރު ކުރާނެގޮތުގެ ތަމްރީނު ތައް ދޭނެ ކަމަށެވެ.

އެ ކުންފުނިން އިތުރަށް ބުނެފައި ވަނީ ތިންވަނަ ފަހަރަށް މި މުބާރާތް ބޭއްވިގެންދާއިރު މި މުބާރާތުގައި 1000 ޔުނިވާސިޓީއަކުން 50000 އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވާ ކަމަށެވެ. އަދި މިއީ އެކުދިންގެ ހިޔާލުތައް ކުރެހުމެއް މެދުވެރިކޮށް ދައްކާލުމަށް ލިބިގެންދާ ވަރަށްވެސް މުހިއްމު ފުރުސަތެއް ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355