twitterviber whatsapp telegramfacebookyoutube instagram
4th November 2025

ފަސް ރުފިޔާގެ އައު ނޫޓު އަންނަމަހު ތައާރަފްކުރަނީ

Apr 25, 2017

ފަސް ރުފިޔާގެ އައު ނޫޓު އަންނަ މަހުގެ 10 ވަނަ ދުވަހު ތަޢާރަފްކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެމްއެމްއޭއިން ނިންމަވައިފިއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ވިދާޅުވާ ގޮތުގައި ޕޮލިމާ ކަރުދާހުން ޗާޕުކޮށްފައި ހުންނަ ފަސް ރުފިޔާގެ އައު ނޫޓު އަންނަ މަހު އާއްމުންނަށް ދައްކާލުމަށް ހަމަޖެހިފައިވީ ނަމަވެސް އައު ރުފިޔާ ބޭނުން ކުރަން ފަށާނެ ދުވަހެއް އަދި ކަނޑައަޅާފައި ނުވާކަމަށެވެ.

އޭގެ އިތުރުން މި ނޫޓުގައި ވެސް ރަންދިހަ ފަހެއްގެ ނޫޓްތަކުގައި ހުންނަ ގޮތަށް ފަހުގެ ސަލާމަތީ ފިޔަވަޅުތައް ވެސް ހިމެނިފައި ހުންނާނެ ކަމަށާއި ނޫޓުގެ ފަރުމާކުރުން ވެސް ހުންނާނީ ފަހުގެ ނޫޓްތަކުގެ ކޮންސެޕްޓްގައި ކަމަށް އެމްއެމްއޭއިން ހާމަކޮށްފައި ވެއެވެ.

މީގެ އަހަރެއްހާ ދުވަސް ކުރިން އެމްއެމްއޭއިން ވަނީ ޕޮލިމާ ކަރުދާހުގައި ޗާޕްކޮށްފައިވާ މުޅިން އާ ނޫޓް ސީރީޒްއެއް ދިވެހިރާއްޖޭގެ މިނިވަންކަމަށް ފަންސާސް އަހަރު ފުރުނު ރަންޔޫބިލާއި ދިމާކޮށް ނެރެފައެވެ.

މިހާރު ބޭނުން ކުރަމުން އަންނަ ދެ ރުފިޔާގެ ބަދަލުގައި އަލަށް ތައާރަފު ކުރާ ލުއި ފައިސާ ފޮތި މި އަހަރު ބޭނުންކުރަން ފަށާނެ ކަމަށްވެސް އެމްއެމްއޭއިން ވަނީ ހާމަކޮށްފައިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355