މިއަހަރުގެ ރޯދަމަހުގެ ސަރުކާރުގެ ރަސްމީގަޑިއަކީ ހެނދުނު 10:00ން މެންދުރު ފަހު 2:00 އަކަށް ކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ކަނޑައަޅުއްވައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މިއަދު ހާމަކުރި ގޮތުގައި މި އަހަރު ރޯދަމަހުގައި ސަރުކާރު މުވައްޒަފުން މަސައްކަތް ކުރަން ޖެހޭނީ 5 ގަޑިއިރު އެވެ. މިދިޔަ އަހަރުވެސް ސަރުކާރު މުވައްޒަފުންގެ ރަސްމީ ގަޑިއެއްގެ ގިތުގައި ކަނޑައަޅާފައިވަނީ ހަމަ މިގަޑިތަކެވެ.
މި ދިޔަ އަހަރުގެ ރޯދަމަހުގައިވެސް ސަރުކާރުގެ މުވައްޒަފުންނަށް ރަސްމީ ގަޑިތަކުގެ ގޮތުގައި ރައީސް އޮފީހުން ނިންމާފައި ވަނީ ހަމަ މިގަޑިތަކެވެ.
މިއަހަރުގެ ރަމަޟާން ފުރަތަމަ ދުވަހަކީ ކަލަންޑަރުގައި ވާގޮތުން ނަމަ މަހުގެ 27 ވަނަ ދުވަހު އެވެ.