ކުޅުދުއްފުށީގައި ކޭބަލް ޓީވީގެ ހިދުމަތް ދެމުން އަންނަށް ޗޮއިސް އެންޑް ޕްލަސް ޑިޖިޓަލްއިން ރޯދަމަހަށް ހާއްސަކޮށްގެން ޕްރޮމޯޝަނެއް ފަށައިފި އެވެ.
މި މެއި މަހު 1 ވަނަދުވަހު ފެށި މި ޕްރޮމޯޝަންގައި އަލަށް ބައްލަވާގަންނަ ޑީކޯޑަރަކުން 25 ޕަސެންޓް ޑިސްކައުންޓެއް ލިބިގެން ދާނެ އެވެ. އެގޮތުން ޑީކޯޑަރެއް މިހާރު ވިއްކަމުން ދަނީ 900 ރުފިޔާއަށެވެ.
އަދި ޑީކޯޓަރާއިއެކު 1 މަހަށް ފުލް ޕެކޭޖެއް ހިލޭ ލިބިގެންދާނެ އެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ މެއި މަހު 27 ގެ ނިޔަލަށެވެ.