twitterviber whatsapp telegramfacebookyoutube instagram
8th April 2026

ޖަސްޓިން ބީބާ ފުރަތަމަ ފަހަރަށް އިންޑިޔާއަށް

May 10, 2017

ކެނެޑާއަށް އުފަން ޕޮޕް ސެންސޭޝަނެއް ކަމަށްވާ ޖަސްޓިން ބީބާ ފުރަތަމަ ފަހަރަށް އިންޑިޔާއަށް ގޮސްފިއެވެ.

އިންޑިޔާގެ ހަބަރުތަކުން ބުނާގޮތުގައި އިންޑިއާއަށް ރޭ ދަންވަރު ބީބާ ދިޔައިރު އޭނާ ސެކުއުރިޓީއަށް ހުރީ ބޮލީވުޑްގެ އެކްޓަރ ސަލްމާން ހާންގެ ބޮޑީގާޑު ޝެރާ ކަމަށެވެ. އޭގެ އިތުރުން ބީބާ އިންޑިޔާއަށް ދިޔައިރު މޫނު މަތިން ވަރުބަލިކަން ފެނިގެންދާ ކަމަށް ހަބަރުތަކުން މައުލޫމާތު ލިބެއެވެ.

23 އަހަރުގެ ބީބާ އިންޑިޔާއަށް ދިޔައީ މުމްބައިގާ އޮންނަ ބީބާގެ ‘ޕާޕަސް ވޯލްޑް ޓުއާ’ގައި މިއަދު ހަވީރު ޕާފޯމް ކުރުމަށެވެ. އަދި މިމަހުގެ 6 ގައި ވަނީ ދުބައިގާވެސް ޕާފޯމް ކޮށްފައި ކަމަށާއި އޭގެ އިތުރުން ނިއު ދިއްލީ، ޖެއިޕޫރު އަދި އާގްރާ އަށް ވެސް ދިއުމަށް ހަމަޖެހިފައިވާ ކަމަށް ހަބަރުތައް ބުނެއެވެ.

މިއަދު ހަވީރު ޑީވައި ޕަޓިލް ސްޓޭޑިއަމްގައި ޕާފޯމް ކުރުމަށް ހަމަޖެހިފައިވާއިރު ބީބާ މުމްބައިގައި މަޑުކުރަނީ ހޮޓެލް އެސް ޓީ ރެގިސްގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355