ރޮމޭންޓިކް ކޮމެޑީ ފިލްމު “މީ ލޯތްބަކީ” ތިލަދެކުނު ސިނަމާގައި މިރޭ އަޅުވަނީ

ނަސްވާ ޙަސަން - 1 year ago - 11 މެއި 2017



މުހައްމަދު އަލީ (މޮގާ) ޕްރޮޑިއުސް ކުރާ ފިލްމް “މީ ލޯތްބަކީ” މިރޭ ތިލަދެކުނު ސިނަމާގައި އެޅުމަށް ވަނީ ހަމަޖެހިފައި އެވެ.

ޑާކްރެއިން އެންޓަޓެއިންމަންޓުން މިމަހުގެ ފަސްވަނަ ދުވަހު ރިލީޒްކުރި، ރޮމޭންޓިކް ކޮމެޑީ ފިލްމް “މީ ލޯތްބަކީ”ގެ ފުރަތަމަ ޝޯ އަޅުވާއިރު މިރޭގެ ޓިކެޓްތަށް ދަނީ ފުލްވަމުންނެވެ.

ފިލްމްގެ ޓިކެޓް “ޕްލޭގްރަންޑް” ފިހާރައިން 100 ރުފިޔާއަށް ވިއްކަމުންދާއިރު، މި ފިލްމްގެ އަޅުވަން ހަމަޖެހިފައިވަނީ 2 ޝޯއެވެ.

މުހައްމަދު ޖުމައްޔިލް އަދި މަރިޔަމް އައްޒަ ލީޑް ރޯލުން ފެނިގެންދާ މި ފިލްމްގައި މޯލްޑިވިއަން އައިޑޮލްއިން ފެނިގެންދިޔަ އަމާންގެ އިތުރުން އާ ގިނަ ތަރިންތަކެއްވެސް ފެނިގެންދެ އެވެ.


ގުޅުން ހުރި ލިޔުންތައް