twitterviber whatsapp telegramfacebookyoutube instagram
7th September 2025

ދެވަނަ މޯލްޑިވިއަން އައިޑަލް ބޮބް ކާމިޔާބުކޮށްފި

May 14, 2017

ދެވަނަ މޯލްޑިވިއަން އައިޑަލްގެ ޓައިޓަލް މުހައްމަދު ތަސްނީމް (ބޮބް) ކާމިޔާބުކޮށްފިއެވެ.

ރޭ ބޭއްވި ގްރޭންޑް ފިނާލޭ ޝޯގައި މި ސީޒަންގެ ޓްރޮފީ ތަސްނީމް އަށް ހަވާލުކުރީ ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމް އެވެ.

ޕީ.އެސް.އެމްގެ ފަރާތުން ތަސްނީމްއަށް ވަނީ 250،000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބިފައި އެވެ. އޭގެ އިތުރުން އޭޝިއަން ބްރޯޑްކާސްޓިންގް ޔޫނިއަން (އޭބީޔޫ)ގެ ޓީވީ ސޯންގް ފެސްޓިވަލްގައި ޕަފޯމް ކުރުމުގެ ފުރުސަތުވެސް ވަނީ ދީފައެވެ.

މި ސީޒަނުގެ ރަނަރަޕަކަށް ހަމޫދު އަހްމަދު ހޮވުުނުއިރު ތިންވަނައަށް ހޮވުނީ ޝަމްވީލް މުހައްމަދެވެ.

މީގެ އިތުރުންވެސް ގަދަ ތިން ބައިވެރިންނަށް ޕީ.އެސް.އެމް އާއި ސްޕޮންސަރުންގެ ފަރާތުން އިނާމްތަކެއް ވަނީ ހަވާލުކޮށްފައި އެވެ. އެގޮތުން ސްޕޮންސަރުންގެ ފަރާތުން ޖުމުލަ 5.8 މިލިޔަން ރުފިޔާގެ އިނާމް ބައިވެރިންނަށް ވަނީ ދީފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355