“ބެހެން ހޯގީ ތެރީ” ކުޅެން ޝުރުތީ 8 ކިލޯ އިތުރުކޮށްފި

ނަސްވާ ޙަސަން - 6 months ago - 15 މެއި 2017



ބީ ޓައުންގެ އެންމެ ފިޓް އެކްޓުރެސް ގޮތުގައި މަޝްހޫރުވެފައިވާ ޝުރުތީ ހަސަން ރިލީޒް ކުރަން ތައްޔާރުވަމުން އަންނަ ފިލްމު “ބެހެން ހޯގީ ތެރީ” ކުޅުމަށް 8 ކިލޯ ވަނީ އިތުރުކޮށްޕައެވެ.

އިންޑިޔާގެ ނޫސްތަކަށް ޝްރުތީ ބުނެފައިވާ ގޮތުގައި މި ފިލްމުގެ ކެރެކްޓާއަށް ފިޓްވުމަށް ފަލަވުން ވަރަށް މުހިއްމު ކަމަށެވެ. އެގޮތުން ބަރުދަން އިތުރުވުމުން ވަރަށް އުފާވާ ކަމަށާއި އަދި އޭގެ ސަބަބުން މި ފިލްމުގެ ޓްރެލާއާއި މެދު ގިނަ ބައެއްގެ ފަރާތުން ލިބޭ ކޮމެންޓް ތަކާމެދު ވަރަށް ހިތްހަމަޖެހޭ ކަމަށް ޝުރުތީ ވަނީ ބުނެފައެވެ.

އޭގެ އިތުރުން ޝްރުތީ ދެން ޝޫޓިން ފެށުމަށް ހަމަޖެހިފައިވާ ފިލްމު “ސަންގްމިތްރާ” އަށް ކުރިއެކޭ އެއްގޮތަށް ބަރުދަން ގެނެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ޝްރުތީ ވަނީ ބުނެފައި އެވެ.

މި ފިލްމުގެ ޓުރެއިލާ މިމަހު ނިކުމެފައިވާއިރު މިހާތަނަށް 6 މިލިޔަނަށް ވުރެ ގިނަ މީހުންވަނީ ބަލާފައި އެވެ.

އަޖޭ ކޭ ޕަނާލަލް ޑައިރެކްޓް ކުރާ މި ފިލްމުގައި ޝުރުތީ އެކީ ފެނިގެންދަނީ ރާޖްކުމާރް ރައޯ އެވެ. މި ފިލްމު ރިލީޒް ކުރަން ހަމަޖެހިފައި ވަނީ ޖޫން މަހުގެ 2 ވަނަ ދުވަހު އެވެ.