އުތުރާއި މެދު ރާއްޖެތެރޭގެ ރަށްތަކަށް ބޯކޮށް ވާރޭވެހި، އެ ސަރަހައްދުގެ ކަނޑު މިއަދު ގަދަވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފި މިއަދު ގަދަވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފި އެވެ.
ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުމް ލަފާކޮށް، އެއިދާރާއިން ބުނެފައިވަނީ މެދު ރާއްޖެތެރެއާއި އުތުރުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށާއި އަދި ހަމަ އެސަރަހައްދުގެ ކަނޑުތައް އާއްމުގޮތެއްގައި ގަދަވާނެ ކަމަށެވެ.
ހުޅަނގު މޫސުމް ފަށާގަތުމަށް ކުރާ މި ވިއްސާރާގައި ރާއްޖޭގެ އެކި ހިސާބުތަކަށް ކުރިއަށް އޮތް 24 ގަޑިއިރު ވިއްސާރަކޮށް ބައެއް ހިސާބުތަކަށް ގުގުރުންވެސް އެކަށީގެންވާ ކަމަށް އެއިދާރާއިން ލަފާކޮށްފައިވެ އެވެ.
ހުޅަނގުދެކުނާއި ހުޅަނގުން މެދުތެރެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެންހިސާބުތަކަށް ގަޑިއަކު 7 މޭލާ 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް އެއިދާރާއިން ލަފާކުރެ އެވެ.
މެދުތެރެއާއި އުތުރު އަތޮޅުތަކުގެ ކަނޑުތައް އާއްމުގޮތެއްގައި ގަދަވިޔަސް ދެކުނުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށް ލަފާކޮށްފައިވެ އެވެ.