ކޮކާކޯލާއިން ތާޒާ ޖޫހެއް ރާއްޖެ އަށް ތައާރަފްކޮށްފި

ނަސްވާ ޙަސަން - 11 months ago - 18 މެއި 2017



މުޅި ދުނިޔެއަށް މަޝްހޫރު ތާޒާ ޖޫހެއް ކަމަށްވާ “މިނިޓް މެއިޑް” ޖޫސް ކޮކަކޯލާ ކުންފުނިން މިއަދު ރާއްޖެ އަށް ތައާރަފްކޮށްފި އެވެ.

ސޯލްޓް ކެފޭގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި ޖޫސް ތައާރަފްކޮށްފައި ވަނީ ޗީފް ސްޕްރިޑެންޓެންޓް އޮފް ޕޮލިސް އިސްމާއިލް ނަވީން އާއި ރާއްޖޭގެ ކޮކާކޯލާ ކުންފުނީގެ ޖެނެރަލް މެނޭޖަރު މިލިންދް ދެރާސަރީ އެވެ.

ރަސްމިއްޔާތުގައި ވާހަކަ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު މިލިންޑް ދެރާސަރީ ވިދާޅުވެފައި ވަނީ ރާއްޖެ އަށް ތައާރަފްކުރީ މިންޓް މެއިޑް ޕަލްޕީ ބްރޭންޑުގެ 290 އެމްއެލްގެ ފުޅި ކަމަށާއި މި ބްރޭންޑުގެ ބޮޑެތި ފުޅިތައް ބާޒާރަށް ނެރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ޖޫހުގެ ދެ ވައްތަރެއް ރާއްޖެއަށް ހިމެނޭ ކަމަށެވެ.

ރާއްޖެއަށް ތައާރަފްކުރި 290 އެމްއެލްގެ ޖޫސްފުޅިއެއް ވިއްކަން ހަމަޖެހިފައި ވަނީ 12 ރުފިޔާ އަށެވެ.

މިނިޓް މެއިޑް ޕަލްޕީ ބްރޭންޑުގެ ތެރެއިން ކޮކަކޯލާއިން ރާއްޖެއަށް ތައާރަފްކުރީ މި ޖޫހުގެ ދެ ވައްތަރެއް ކަމަށާއި އެއީ މިކްސްޑް ފްރުޓް ވިތް އޮރެންޖް ޕަލްޕީ އާއީ ޕަލްޕީ އޮރެންޖް އެވެ. އެގޮތުން މިކްސްޑް ފްރުޓް ވިތް އޮރެންޖް ޕަލްޕީ ޖޫސް ތައްޔާރު ކޮށްފައިވަނީ އަލަނާސި އާއި އޮރެންޖު އަދި މޭބިސްކަދުރާއި ފޭރު ހިމަނައިގެން ކަމަށެވެ. އަދި ޕަލްޕީ އޮރެންޖްގައި އޮރެންޖުގެ ކުދި އެތިކޮޅުތަކެއް ހުންނާނެ ކަމަށް ދެރާސަރީ ވަނީ ވިދާޅުވެފައި އެވެ.


ގުޅުން ހުރި ލިޔުންތައް