twitterviber whatsapp telegramfacebookyoutube instagram
25th April 2024

އުރީދޫއިން ސެމްސަންގެ އެންމެ ފަހުގެ ފޯނުތައް ވިއްކަން ފަށައިފި

May 22, 2017

ސެމްސަންގ ކުންފުނީގެ އެންމެ ފަހުގެ އުފެއްދުން ކަމަށްވާ ސެމްސަންގް ގެލެކްސީ އެސް 8 އާއި ސެމްސަންގް ގެލެކްސީ އެސް 8+ އުރީދޫއިން ރާއްޖޭގައި ވިއްކަން ފަށައިފި އެވެ.

އުރީދޫއިން މައުލޫމާތު ދިން ގޮތުގައި މި ފޯނު ގަންނަ ކަސްޓަމަރުންނަށް ދެ ޕެކޭޖެއް ތައާރަފްކޮށްފާއިވާ ކަމަށެވެ. އެއީ ފުލް ޕޭމަންޓް ޕްލޭން އާއި މަހުންމަހަށް ފައިސާދައްކާ ޕްލޭންގެ ދަށުން ތައާރަފްކޮށްފައިވާ ޕެކޭޖް ތަކެއް ކަމަށެވެ.

އެގޮތުން ފުލް ޕޭމަންޓް ޕްލޭންގެ ދަށުން ސެމްސަންގް ގެލެކްސީ އެސް 8 ލިބެންހުންނާނީ 12499 ރުފިޔާއަށް ކަމަށާއި ސެމްސަންގް ގެލެކްސީ އެސް 8+ ގެ އަގަކީ 13499 ރުފިޔާ އެވެ. އަދި މި ޕެކޭޖްގެ ދަށުން އުރީދޫގެ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އެއް އަހަރުގެ މުއްދަތަށް މަހަކު 3 ޖިބީ ޑޭޓާ އަދި 100 މިނިޓުގެ ކޯލް ހިލޭ ލިބިގެންދާނެ ކަމަށް އުރީދޫ އިން މައުލޫމާތު ދެއެވެ.

އުރީދޫއިން މައުލޫމާތު ދިން ގޮތުގައި މަހުންމަހަށް ފައިސާދައްކާ ޕްލޭންގެ ދަށުން ޑައުންޕޭމަންޓުގެ ގޮތުގައި 2000 ދައްކައިގެން މަހަކު 900 ރުފިޔާ ދައްކާ ގޮތަށް ސެމްސަންގް ގެލެކްސީ އެސް 8 ފޯނު ގަނެވޭނެ ކަމަށެވެ.

އަދި ޑައުންޕޭމަންޓުގެ ގޮތުގައި 2000 ދައްކައިގެން މަހަކު 100 ރުފިޔާ ދައްކާ ގޮތަށް ސެމްސަންގް ގެލެކްސީ އެސް 8+ ފޯނު ގަނެވޭނެ ކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.

އޭގެ އިތުރުން މަހުންމަހަށް ފައިސާދައްކާ ޕެކޭޖަކީ އެއް އަހަރު ދުވަހުގެ ޕުލޭނެއް ކަމަށާއި މި ޕެކޭޖް ދަށުންވެސް އެއް އަހަރުގެ މުއްދަތަށް މަހަކު 3 ޖިބީ ޑޭޓާ އަދި 100 މިނިޓުގެ ކޯލް ހިލޭ ލިބިގެންދާނެ ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.

އަދި ކޮންމެ 2000 ރުފިޔާގެ ޑައުންޕޭމަންޓް އަކާއި އެކު، އިންސްޓޯލްމަންޓް ޕެކޭޖްތަކެއްވެސް އުރީދޫ އިން ވަނީ ތައާރަފްކޮށްފައި ކަމަށާއި އެއީ ޕޯސްޓްޕެއިޑް 249، 299، 399، 499، 749، 899، 999، 1499 ނުވަތަ 1999 ހިޔާރުކުރައްވާ ކަސްޓަމަރުންނަށް ކަމަށް އުރީދޫ އިން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355