twitterviber whatsapp telegramfacebookyoutube instagram
8th April 2026

ސްޝާންތް ސްޕޭސް ފިލްމެއް ކުޅުމަށް ތައްޔާރުވަނީ

May 22, 2017

ސްޝާންތް ސިންގް ރާޖްޕުޓް ކުޅުމަށް ތައްޔާރުވަމުންދާ ސްޕޭސް ފިލްމުގެ ޓްރެއިނިން ކޮންދިނުމަށް ހަމަޖެހިފައި ވަނީ ހޮލީވުޑްގެ ތަޖުރިބާކާރެއް ކަމަށް އިންޑިޔާގެ ހަބަރުތަކުން ބުނެ އެވެ.

ސްޝާންތްގެ ސްޕޭސް ފިލްމް “ޗަންޑަމާމާ ޑޯރް ކޭ” (ސީއެމްޑީކޭ) ގެ ޓްރެއިނިންތައް ނެގުމަށް ހަމަޖެހިފައި ވަނީ ހޮލީވުޑްގެ ތަޖުރިބާކާރެއް ކަމަށްވާ ޖޯން ޕަލްމާގެ ކަމަށް އިންޑިޔާގެ ނޫސްތަކުން ބުނެއެވެ.

ޖޯން ޕަލްމާ އަކީ މެޓް ޑާމޮން ސްޓާޓާ ދަ މާރްޓިއެން އަށް 2015 ވަނަ އަހަރު ސްޕޭސް ސޫޓް ހަދައިދިން މީހާ އެވެ. ޕަލްމާ ވަނީ 1995 ވަނަ އަހަރުގެ ފިލްމެއް ކަމަށްވާ އެޕޯލޯ 13 ގެ އިތުރުން 2015 ވަނަ އަހަރުގެ ފިލްމް ބްރިޖް އޮފް ސްޕީސް ގައި ވެސް މަސައްކަތް ކޮށްފައި އެވެ.

އިންޑިޔާގެ ހަބަރުތަކުން މައުލޫމާތު ލިބޭ ގޮތުގައި ސްޝާންތް މިހާރު ދަނީ ޖޫން މަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ފިލްމް “ރާބްތާ” ގެ ޕްރޮމޯޝަން ކުރުމުގައި އަވަދިނެތި  އެވެ. އެހެންނަމަވެސް ރާބްތާ ރިލީޒްވިހާ އަވަހަކަށް ސްޝާންތްގެ ސްޕޭސް ފިލްމްގެ ޓްރެއިނިން ފަށާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355