އެސްޓީއޯއިން ރޯދަމަހު ވިއްކަން ގެނައި ފިޔާ، އަލުވި އަދި ބިސް ކުޅުދުއްފުއްޓަށް އަތުވެއްޖެ އެވެ.
އިންޑިޔާއިން އައި ބާޖެގަ މިތަކެތި ކުޅުދުއްފުއްޓަށް ގެނެސްފައިވާއިރު މުދާ ބޭލުމުގެ މަސައްކަތް ދަނީ ކުރިއަށްށެވެ. ވިއްސާރަވުމުގެ ސަބަބުން މުދާ ބޭލުމުގައި ދަތިތަކެއް ވަނީ ކުރިމަތިވެފަ އެވެ.
ކުޅުދުއްފުއްޓާ ހަމައަށް މިތަކެތި ގެނައި އިރު އެހެން އަހަރުތަކެކޭވެސް އެއްގޮތަށް މިފަހަރުވެސް ވަނީ ފިޔާ، އަލުވި އަދި ބިހުގައި ލޮނުޖެހި ގިނަ އަދަދެއްގެ ތަކެއްޗަށް ގެއްލުންވެފަ އެވެ.
އެސްޓީއޯގެ މުވައްޒަފު ބުނީ މިތަކެތި ބުދަ ދުވަހު ބާޒާރަށް ނެރެ ވިއްކަން ފެށޭނެ ކަމަށެވެ.
މިއަހަރުގެ ރޯދަމަސް ފެށުނުއިރު ފިޔާ، އަލުވި، ބިސް އެސްޓީއޯ ފިހާރައިގައި ނެތުމުން މިސަރަހައްދުގެ ރައްޔިތުންވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ.