މި ރޯދަމަހު ސައުދީ އަރަބިއްޔާއިންނާއި ޔޫއޭއީ ރާއްޖޭގެ ރައްޔިތުންނަށް ހަދިޔާކުރި ކަދުރު ކުޅުދުއްފުއްޓަށް ލިބި، މާދަމާ ބަހަން ފަށާނެކަމަށް ކައުންސިލް ވިދާޅުވެއްޖެ އެވެ.
މި ރޯދަމަހު ރައްޔިތުންނަށް ބެހުމަށް ހަދިޔާކުރި ކަދުރު ކުޅުދުއްފުށީ ކައުންސިލަށް ލިބިފައިވަނީ އިއްޔެ ހަވީރު އެވެ.
ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން މިއަދު ކޭއޯއަށް ވިދާޅުވީ މާދަމާ ގޭބިސީތަކަށް ކަދުރު ދޫކުރަން ފަށާނެ ކަމަށާއި މިއަހަރު ދޫކުރަން ހަމަޖެހިފައިވަނީ މީހުން ދިރިއުޅޭ ކޮންމެ ގޭބިސީއަކަށް ކަދުރު ޕެކެޓެއްގެ މަގުން ކަމަށެވެ. އަދި ކުޅުދުއްފުށީގައި މީހުން ދިރިއުޅޭ ކޮންމެ ގޭބިސީއަކަށް ކަދުރު ޕެކެޓެއް ހަމަވާ އަދަދަށް ކަދުރު ލިބިފައިވާ ކަމަށް ލަތީފް ވިދާޅުވި އެވެ.
އަބުދުލް ލަތީފް ވިދާޅުވީ މާދަމާއިން ފެށިގެން ކަދުރު ދޫކުރަން ހަމަޖެހިފައިވާއިރު، ކަދުރު ދޫކުރާ ގަޑިތަކަކީ ހެނދުނު 10:30 ން 13:30 އަށް އަދި ރޭގަނޑު 9:30 ން 11:00 އަށް ށެވެ.
ކުޅުދުއްފުށީގައި 1470 ގޭގައި މީހުން ދިރިއުޅޭއިރު ކަދުރާ ހަވާލުވުމަށް ވަޑައިގަންނަވަން ވާނީ އެގެއެއްގެ ރަށްވެހީންގެ ރަޖިސްޓްރީގައި ހިމެނޭ މީހުންގެ ތެރެއިން އެގެެއެއްގައި ދިރިއުޅޭ ފަރާތްތަކުން އެފަރާތެއްގެ މުއްދަތު ހަމަނުވާ އައިޑީ ކާޑު ހިއްޕަވައިގެންކަމަށް ލަތީފް ވިދާޅުވި އެވެ.