twitterviber whatsapp telegramfacebookyoutube instagram
14th August 2026

ބޮޑުއަގުގައި ވިއްކި މިރުސް ފީވެ އެންމެ ފަހުން ގޮނޑަށް !

Jun 14, 2017

މިއަހަރުގެ ރަމަޟާން މަސް ފެށުނުއިރު ރާއްޖޭގެ ބާޒާރުގައި އެންމެ އަގު ބޮޑުކޮށް ހުރީ މިރުހެވެ. މިރުހުގެ ޑިމާންޑާ އެއްވަރަށް ސަޕްލައި ދަށްވުމުން ކޮންމެ ރޯދަމަހަކުވެސް ކަރުތާފެންނަށް މިރުހުގެ އަގު އަރަ އެވެ.

މުލަ ރޯދަ ދުވަހު ކުޅުދުއްފުށީ ބާޒާރުގައި ރާއްޖޭގައި ހައްދައި ގިތެޔޮ މިރުސް ކިލޯއެއް އަގު ހުރީ 800 ރުފިޔާ އާއި 1000 ދެމެދުގަ އެވެ. ހެޔޮވަރުގެ ވަކި މިރުހެއް ހުރީ 10ރ އާއި 15ރ ދެމެދުގަ އެވެ. ރޯދަމަހުގެ ފުރަތަމަ ދިހައެއް ހުސްކޮށްލަން ޖެހުނީ މިރުހުގެ އަގު ބޮޑުކަމުން ކާތަކެތީގެ ރަނގަޅަށް ކުޅި ރަހަ ނުލަ އެވެ.

އުތުރުގެ ދަނޑުވެރިން ކޮންމެ ހޮނިހިރުދުވަހަކު ޖަމާވާ ހޮނިހިރު ބާޒާރުގައިވެސް މިދިޔައީ ވަރަށް ބޮޑުކޮށެވެ.

ފަހު ފަނަރައަށް އަރާލިއިރު ބާޒާރުގައި މިރުސް ގިނަވެ މިރުހުގެ އަގުވަނީ ދަށްވާން ފަށާފަ އެވެ. އެކަމަކު ތިޔަ ހީކުރާވަރަށް ހެވެއްނުވެ އެވެ. އެވަރަށް މިރުސް ސަޕްލައިއެއް އަދިވެސް ނުކުރެވެ އެވެ.

ރޯދަމަހުގެ މެދު ޖެހިފައިވާއިރު ބޮޑުއަގުގައި ވިއްކަން ހުރި މިރުސްތައް މިހާރު ފެންނަން ހުރި ކުނިކޮށިންނެވެ. އެތަށް ހާސް ރުފިޔާގެ މިރުހެއް އެހުރީ ގޮނޑަށް އުކާލާފަ އެވެ. ނުވިކި ފީވެގެންނެވެ. ދިވެހިންނަކީ ރޯދަމަހު ބޮޑު އިސްރާފު ބޮޑު ބައެއްކަން ރޯދަމަހު ގޮނޑަށް އެކަނި ބަލާލުމުންވެސް އެނގެ އެވެ.

އެމިރުސްތައް ނުވިކުމުން ފީވުމުގެ ކުރިން އަގުހެޔޮކޮށްލިނަމަ ކޮންމެވެސް ވަރެއްގެ ފައިދާއެއް ލިބޭނެކަން ޔަގީންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355