twitterviber whatsapp telegramfacebookyoutube instagram
15th August 2026

ޖަލާލުއްދީން ސްކޫލްގެ މަތީ ސާނަވީ ނިންމި ދަރިވަރުންގެ ދަސްވެނިވުން ބާއްވައިފި

Jun 22, 2017

2017 ވަނަ އަހަރުގެ ޖަލާލުއްދީން ސްކޫލްގެ މަތީ ސާނަވީ ނިންމި ދަރިވަރުންގެ ދަސްވެނިވުން ބާއްވައިފި އެވެ.

މިރޭ އެސްކޫލްގައި ބޭއްވި ރަސްމިއްޔަތެއްގައި ދަސްވެނިވި ދަރިވަރުންނާއި ސްކްރޯލް ހަވާލުކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރި ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާރސިޓީގެ ކުޅުދުއްފުށީ ކެންޕަސް މެނޭޖަރ އަލްފާޟިލް އިބްރާހިމް މުހައްމަދެވެ.

މި އަހަރު މަތީ ސާނަވީ ނިންމާ 26 ދަރިވަރުން ދަސްވެނިވިކަމުގެ ސެޓްފިކެޓް ހާސިލްކޮށްފައި ވާއިރު ދަސްވެނިވި ދަރިވަރުންގެ ތެރެއިން ޑިސިޕްލިން އެވޯޑް ހާސިލްކުރި ދަރިވަރުންނަށް އެވޯޑްވެސް ވަނީ ހާސިލްކޮށްފަ އެވެ. މި އެވޯޑް ދަރިވަރުންނާއި ހަވާލްކޮށްދެއްވީ ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުއްލަތީފް ހަސަން އެވެ.

ޖަލްސާ ޝަރަފްވެރިކޮށްދެއްވާ އިބްރާހިމް މުހައްމަ ދެއްކެވި ވާހަކައިގައި ތައުލީމީ ހަޔާތުގެ އެންމެ ބޮޑު މަރުހަލާ ނިމުނީ ކަމަށާއި އަދި އެހެން މަރުހަލާއެއް ފެށުނީ ކަމަށެވެ. އެގޮތުން ކުރިއާށް ދާން ބޭނުންވާ ދާއިރާއިން އިތުރަށް ކިޔަވާ އެދާއިރާއިން ކުރިއަށް ދިއުމަށް ފުރުސަތު ހޯދުމަށް ދަރިވަރުންނަށް އިބްރާހިމް ނަސޭހަތް ތެރިވި އެވެ.

މިރަސްމިއްޔާތުގައި ސްކޫލުގެ އާ ކެޕްޓަނާއި ވައިސް ކެޕްޓަނުންނަށް ވަނީ ލިޔުން ހަވާލުކޮށްފަ އެވެ. ސްކޫލުގެ އާ ކެޕްޓަނުގެ މަގާމަށް ހޮވުނީ 12 ޑީ ގެ އަހުމަދު މޫސާ އެވެެ. ވައިސް ކެޕްޓަނުންނަކީ 12- އީ ގެ މަލްސާ އަހުމަދު ރަޝީދާއި 12 ޑީ ގެ މުހައްމަދު އިހުސާނެވެ. އޭލެވެލް 46 ދަރިވަރަކު ެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355