“ތަގްސް އޮފް ހިންދުސްތާން” އާމިރުގެ އަނެއްކާވެސް ތަފާތު ފެނިލުމެއް

ނަސްވާ ޙަސަން - 9 months ago - 27 ޖޫން 2017ބޮލީވުޑްގެ މަޝްހޫރު އެކްޓަރ އާމިރް ޚާން ކުޅެން ތައްޔާރުވަމުން އަންނަ ފިލްމު “ތަގްސް އޮފް ހިންދުސްތާން” އަށް ތައްޔާރުވާން އާމިރްގެ ކަންފަތާއި ނޭފަތް ތޮރުފައިފި އެވެ.

ބޮލީވުޑްގެ ހަބަރުތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި މި ފިލްމަކީ ކުރީ ޒަމާނުގައި އިންޑިޔާގައި ހިނގާފައިވާ ކަންކަމާ ބެހޭ ގޮތުން ކުޅޭ ފިލްމެއް ކަމަށާއި އާމިރް މި ފިލްމުގައި ކުޅުމަށް ހަމަޖެހިފައިވަނީ ނެގެޓިވް ރޯލެއް ކަމަށެވެ.

އަދި އާމިރްގެ ކަންފަތާއި ނޭފަތް ތޮރުފި ފަހުން މިހާރު މަސްދުވަސް ވެފައިވާ ކަމަށާއި އެހެން ނަމަވެސް އެތަންތަނަށް އަދިވެސް ތަދުވާ ކަމަށް ބޮލީވުޑްގެ ނޫސްތަކަށް މައުލޫމާތު ދެމުން އާމިރް ބުނެފައި ވެއެވެ.

އާމިރް ޚާން އަކީ ކުޅޭ ގިނަ ފިލްމުތަކަށް ސިފަ ބަދަލުކުރާ ތަރިއެކެވެ. އެގޮތުން އާމިރް އެންމެ ފަހުން ފެނިގެންދިޔަ ފިލްމު ޑަންގާލް އަށް އޭނާ ވަނީ 90 ކިލޯ ބަރުކޮށްފައި އެވެ. އަދި ބަރުދަން ލުއި ކުރުމަށް ގިނަ ޓްރެއިނިން ތަކެއް ކުރިއަށް ގެންގޮސްފައި ވެއެވެ.